ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއެކުރައްވައި މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އެރަށް މޮނީޓަރީންގެ ހާލަތައް ގެނެސް ބަލަންޖެހޭ އިތުރު ކަމެއް ނެތުމުން، އެރަށުގައި އިއުލާން ކޮށްފައިވާ މޮނީޓަރީންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.
ދެއްވަދޫގައި މޮނީޓަރީންއަށް ލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، އަދި ކަރަންޓީނުގައި ހުރިއިރު ބައެއް މީހުންނާއި ކޮންޓެކްޓު ވެފައިވާތީއެވެ.
މިއީ ދެއްވަދޫ މޮނީޓަރީންގެ ހާލަތަށް ގެނެވުނު ދެވަނަ ފަހަރެވެ. އެގޮތުން މީގެ އެއް މަސްކުރިން ދެއްވަދޫ މޮނީޓަރީންނަށް ލީއިރު، އެފަހަރު ދެއްވަދޫއިން 95 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ.