މި ޓެސްޓު ހަދަން ޖެހޭގޮތަކީ ބޫތެއް ފަދަތަނަކަށް ވަދެ އެމީހަކަށް އެންމެ ބަރާށް ހަޅޭލެވޭ ވަރަކަށް ހަޅޭލެވުމެވެ.
އޭރުން އަނގައިން ބުރައިގެން އަނަނަ ކުޅުތިކިތަކުގައި ހުންނަ ކޮވިޑް ވައިރަސް އެ ޓެސްޓުހަދާ އެކިއުމަންޓުތަކުން ދަމައިގަނެވެ.
މި ޓެސްޓު އީޖާދުކޮށްފައިވަނީ ނެދަލޭންޑްސްގެ ޕީޓާ ވަން ވީސް ނަމަކަށް ކިޔާ މީހެކެވެ. އެނާ ބުނެފައިވަނީ މި ޓެސްޓުތަކުގެ ސަބަބުން ކޮވިޑް ޓެސްޓު ހަދަން ބޭނުންކުރާ ކަފަބުރުތައް ދޫކޮށްލެވޭނެކަމަށް އުންމީދުކުރާކަމަށެވެ.
މީހަކު ކޮވިޑް ޓެސްޓު ހެދުމަށް ހަޅޭލަވަނީ:
މި ޓެސްޓަކީ އަދި ސިއްހީ އެހީތެރިން ބޭނުންކުރަން ހުއްދަ ދީފައިވާ ޓެސްޓެއް ނޫނެވެ. ނަމަވެސް، އެކަމުގެ މަސައްކަތްތައް އަންނީ ކުރަމުންނެވެ.