ނަމަވެސް އޭނާގެ އެންމެ ފަހުގެ ލޯބިވެރިޔާ ކަމަށްވާ ދިޝާ ޕަޓާނީއާއި ރުޅިވި ފަހުން އޭނާ ހުންނަނީ ސިންގަލްކޮށެވެ. އެކަމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެއްވެސް މެއެވެ.
މިކަމާ ގުޅޭ ގޮތުން ޕާތު ބުނެފައި ވަނީ އޭނާ ހުސްކޮށް ހުންނަނީ ލޯބިވެރިއެއް ބޭނުންނުވާތީ ނޫން ކަމަށެވެ. ނަމަވެސް މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އަދި ކުއްޖެއް ހޯދާނެ ވަގުތެއް ނުވާ ކަމަށް ޕާތު ބުނެ އެވެ.
ނަމަވެސް އޭނާ ހިތްވަނީ ބޭނުން ކުއްޖަކަށް ހުޅުވާލެވިފައި ކަމަށާއި އަދި މިހާރު ހަޔާތުގެ ބައިވެރިއަކު ހޯދުމުގެ މަސައްކަތް އޭނާ ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ޕާތުވަނީ އޭނާއާ އެކީގައި ކަސޯޓީ ޒިންދަގީގައި ޕްރޭނާގެ ރޯލުން ފެނުން އެރިކާއާ އެކީގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ވެސް އައިސްފަ އެވެ. އެކަމަކު އެމީހުންގެ މެދުގައި ގުޅުމެއް ނޯންނަކަން ފާހަގަކުރަމުން އެރިކާ ބުނެފައި ވަނީ އޭނާ ރައްޓެހިވެގެން އުޅެނީ ފިލްމީ ދާއިރާއިން ބޭރުގައި މަސައްކަތްކުރާ މީހަކާ ކަމަށެވެ.