މިޔަރު ހަމަލާ ދީފައިވަނީ އަންގާރަ ދުވަހުއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ފަތުރުވެރިއާ މޫދަށް އެރި އުޅުނީ ޑްރޯން އެއް ބޭނުންކޮށްގެން ބަޔަކު ފޮޓޯނަގަން އުޅެނިކޮށެވެ. އަދި މިޔަރު ހަމަލާދިނީ މިޔަރުތަކަށް ކާން ދިނުުމުންކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިޔަރު ވަނީ ފަތުރުވެރިއާގެ ދެ ފައިގައި ވެސް ދަތް އަޅާފައެެވެ.
އޭނާގެ ހާލު ރަނގަޅެވެ. އޭނާއަށް ވަނީ މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައެވެ.
މޫދުގައި ދިރިއުޅޭ މިޔަރު ފަަދަ ހިމާޔަތްކޮށްފައިވާ މަސްތަކަށް ކާން ދިނުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.