އެރަށުގެ އިމަޖެންސީ ސެންޓަރުން މައުލޫމާތު ދޭގޮތުގައި ފުވައްމުލަކު ސިޓީގެ ކާފިއު މިހާރު ވަނީ އުވާލާފައި ކަމަށާއި ނަމަވެސް ފުވައްމުލަކުގެ މޮނިޓަރިންގެ މުއްދަތު މާޗް 15 އާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.
އަދި ކާފިއު އުވާލި ނަމަވެސް އެ ރަށުގައި އެޅިފައިވާ އެހެން ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތުދެ އެވެ.
ފުވައްމުލަކު ސިޓީން މިހާނަތަށް ޖުމްލަ 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 33 މީހުން އެ ބަލިން ވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް އެރަށުގައި އެކްޓިވް ތިން ކުލަސްޓާއެއް އެބައޮތެވެ.
ފުވައްމުލަކު ސިޓީގައި ކޮވިޑު ފެތުރިފައިވަނީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާ ގުޅިގެންނެވެ. އަދި އެ ރަށުން ނެގުނު ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.