ads
ގްރީން ޓީއަކީ ބަރުދަން ދުއްވާލުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ބުއިން--
ހިކެން ބޭނުންވާ މީހުންނަށް އަށް ބުއިމެއް
ދިރާސާތަކުން ދައްކާ ގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކާއެކު ވަކި ބާވަތްތަކެއްގެ ބުއިންތަކަށް ސަމާލުކަން ދީފި ނަމަ އަވަހަށް ބަރުދަން ދުއްވާލަން އެހީވެދެ އެވެ. ގްރީން ޓީ އާއި ކޮފީ، އަދި ޕްރޮޓީން ގިނައިން ހިމެނޭ ބުއިންތައް އޭގެ ތެރޭގައި ހިމެނެ އެވެ.

ތިރީގައި އެ ވަނީ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށާއި ހިކެން ބޭނުންވާ މީހުންނަށް ޑަޔަޓުގައި ހިމަނަން ރަނގަޅު އަށް ބުއިމެވެ. 

1. ގްރީން ޓީ: ރަނގަޅު ސިއްހަތެއްގައި ހުރުމަށް ގްރީން ޓީ ބުއިމަށް މީހުން ލަފާދެނީ ސަބަބެއް ނެތިއެއް ނޫނެވެ. މިއީ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އަދި އަވަހަށް ހިކެން ބޭނުންވާ މީހުންނަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ބުއިމުގެ ގޮތުގައި ގިނަ ދިރާސާތަކުން ދައްކާފައި ވެއެވެ.

2. ކޮފީ: އާއްމު ގޮތެއްގައި ކޮފީ ބޮނީ ހަކަތަ އިތުރުކޮށްދީ، މޫޑު ރަނގަޅު ކުރުމަށެވެ. ކޮފީގައި ހިމެނޭ ކެފެއިންއިން ކޮށްދެނީ ހަމައެކަނި އެ ދެ ކަންތަކެއް ނޫނެވެ. އޭގެ އިތުރުން ހަށިގަނޑަށް ކެލޮރީ ނަގާ މިންވަރު މަދުކޮށްދީ، ސަރުބީ ނައްތާލުމަށް ވެސް އެހީވާ ކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ.

3. ކަޅު ސައި: ގްރީން ޓީ ފަދައިން ކަޅު ސައިގައި ވެސް ހިކެން ބޭނުންވާ މީހުންނަށް ރަނގަޅު މާއްދާތައް ހިމެނެ އެވެ. އޭގެ އިތުރުން ކޮފީ ފަދައިން ހަށިގަނޑަށް ކެލޮރީ ނަގާ މިންވަރު މަދުކޮށްދީ، ސަރުބާ ނައްތާލަން އެހީވެ، ބަނޑުގައި ރަނގަޅު ބެކްޓީރިއާ އުފެއްދުމަށް ކަޅު ސައި މަގުފަހިކޮށްދެ އެވެ.

4. ފެން: ފެން ބޯ މިންވަރު އިތުރު ކުރުމަކީ މީހާގެ ސިއްހަތު ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމެވެ. އޭގެ އިތުރުން ގިނައިން ފެން ބުއިމުގެ ސަބަބުން ބަނޑުހައިވާ މިންވަރު ކުޑަވެ، ބޭކާރު އެއްޗެހި ކެއުމާ ދުރުކޮށްދެ އެވެ. ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ފިނި ފެން ބޯ ނަމަ، މީހާ ހަމަޖެހިގެން އަރާމު ކުރާ ވަގުތުގައި ވެސް ހަށިގަނޑުން ގެއްލޭ ކެލޮރީ އިތުރުކޮށްދެ އެވެ. 

5. އެޕަލް ސައިޑާ ވިނެގާ ހިމެނޭ ބުއިންތައް: މިފަދަ ބުއިންތަކުގައި ހިމެނޭ އެސެޓިކް އެސިޑުން ހަށިގަނޑުގެ އިންސިއުލިން މިންވަރު މަދުކޮށްލާ، ކާހިތްވުން ކުޑަކޮށްދީ، ސަރުބާ ދުއްވާލަން އެހީވެ އެވެ. ޖަނަވާރުތަކުގައި ހަދާފައިވާ ދިރާސާއިން އެނގޭ ގޮތުގައި އެސެޓިކް އެސިޑުން ބަނޑާއި މޭގައި ސަރުބީ ޖެހުން ކުޑަކޮށްދެ އެވެ.

6. އިނގުރު ސައި: އިންސާނުންނާއި ޖަނަވާރުން ހިމެނޭ ގޮތަށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ބަރުދަން ލުއި ކުރުމަށް އިނގުރު ސައި މުހިއްމެވެ. އެގޮތުން ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ރަނގަޅުކޮށްދީ، ކާހިތްވުން ކުޑަކޮށް، ހަށިގަނޑުން ދުއްވާލާ ކެލޮރީ ވެސް އިތުރުކޮށްލަ އެވެ.

7. ޕްރޮޓީން ގިނަ ބުއިންތައް: މިފަދަ ބުއިންތަކުން ވެސް ގިނަ ވަގުތު ބަނޑު ފުރިފައި ހުރުމަށް އެހީވެއެވެ. ޕްރޮޓީން ގިނަވުމުން ބަނޑުހައިވުމަށް މަގުފަހިވާ ހޯމޯން ހަށިގަނޑުން މަދުކޮށްދެ އެވެ. 

8. ތަރުކާރީ ޖޫސް: މޭވާއިން ހަދާ ޖޫހުން ބަރުދަން އިތުރުވާ ކަމަށް ދިރާސާއިން ދެއްކި ނަމަވެސް ތަރުކާރީއިން ހަދާ ޖޫހުން އެގޮތަށް ނުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ. 

22%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް