ads
ރައީސް ނަޝީދު އަދި ފައްޔާޒް
ރައީސް ނަޝީދުގެ އިތުރު ތުހުމަތެއް އަނެއްކާވެސް ފައްޔާޒަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މައްޗަށް އަނެއްކާވެސް އިތުރު ތުހުމަތެއް ކޮށްފި އެވެ.

ރައީސް ނަޝީދު މިފަހަރު މިނިސްޓަރު ފައްްޔާޒަށް ކުރާ ތުހުމަތަކީ، ނުފޫޒު ފޯރުވައިގެން ހުޅުމާލޭ ކްލިނިކް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާ ކަމަށް ބުނެ ކުރާ ތުހުމެތެކެވެ. 

އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވަނީ، މިނިސްޓަރު ފައްޔާޒުގެ ނުފޫޒު ފޯރުވައިގެން ކްލިނިކް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ އެކަން އެގޮތަށް ދާން ދޫނުކުރާނެ ކަަމަށާއި ކުރިންވެސް އެެހެން ވިދާޅުވެފައިވާ ކަމަށެވެ.

"ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން،" ރައީސް ނަޝީދު ގެ މެސެޖްގައި ވެއެވެ.

ނަޝީދު ފައްޔާޒަށް އިތުރު ތުހުމަތެއް އަނެއްކާވެސް ކޮށްފައިވާއިރު، މީގެ ކުރިންވެސް ވަނީ އެ ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒަށް ތުހުމަތުތަކެއް ކޮށް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވެއްދުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެކަން ފަހުން އޮބިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު މިނިސްޓަރު ފައްޔާޒަށް އެބައޮތް ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް