އެޗްޕީއޭއިން އާއްމުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަނޑިއިރުތެރޭ ޖުމުލަ 6،941 މީހަކަށް ކޮވިޑްގެ ފުރަތަމަ ޑޯޒް ދީފައިވާއިރު މާލޭ ސަރަހައްދުން 2،154 މީހަކަށާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން 4،787 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
އެ ތަފާސް ހިސާބަށް ބަލާއިރު މާލެ ސަރަހައްދުން މިހާތަނަށް ޖުމުލަ 87،045 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ ޖުމުލަ 58،723 މީހެކެވެ.
ރާއްޖޭގައި ޖުމުލަ 145،768 މީހަކު ވަނީ މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. ކޮވިޑް 19އިން ރައްކާތެރިވުމަށާއި ބަލިޖެހޭ މީހުންގެ އަދަަދުތައް ދަށްކުރުމަށް ވެކްސިން ޖެހުމަށް އެެޗްޕީއޭއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.