ބޮލީވުޑްގެ އުސްއަލިތައް ޖެކޮލިން ކާމިޔާބު ކޮށްފައިވީނަމަވެސް އޭނާގެ ލޯބީގެ ފަލްސަފާ އުޅެނީ ވަރަށް ފަޅުކޮށެވެ. އެގޮތުން އޭނާ ބޮލީވުޑްގައި އެހާ މަޝްހޫރުވެފައިވާ ނަމަވެސް ބައިވެރިއަކު އަދި ނުހުރެއެވެ.
މިކަމާ ގުޅޭގޮތުން ޖެކޮލިންއަށް ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ އަދި ލޯބިވެރިއަކު ހޯދަން އޭނާ ބޭނުންނުވާ ކަމަށެވެ. އެއީ އޭނާއަށް ހަޔާތުގައި ދިމާވެފައިވާ ހިތި ތަޖުރިބާތަކުގެ ސަބަބުން ކަމަށް ވެސް ޖެކޮލިން ހާމަކުރެއެވެ.
މީގެ އިތުރުން ޖެކޮލިން ބުނެފައި ވަނީ އޭނާ މަސައްކަތުގައި އުޅެނީ ހޭބޯނާރާ ކަމަށެވެ. އެހެންކަމުން ލޯބިވެރިއެއް ހޯދަން ވަގުތުވެސް ނުލިބޭ ކަމަށެވެ.
އުމުރުން 35 އަހަރުވެފައިވާ ޖެކޮލިން އަކީ ލަންކާއަށް ނިސްބަތްވާ އެކްޓަރެސް އެކެވެ. އޭނާ ބޮލީވުޑަށް ނިކުތީ 2009 އަހަރު އަލާލުއްދީން ފިލްމުންނެވެ.