މޯނީގެ ރީތިކަމުގެ ވާހައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަމަވެސް އޭނާ ރަތް ހެދުމެއް ލައިގެން ކުރި ޕޯސްޓަކުން ބެލުންތެރިންގެ ހިތް މޯނީއަށް ވަނީ އެއްކޮށް ލެބިފަ އެވެ.
އެގޮތުން ރަތް ކުލައިގެ ހެދުމުގައި މޯނީ ވަރަށް މައުސޫމު ކަމަށާއި އޭނާގެ ރީތިކަން ވެސް ވަރަށް ބޮޑަށް ފާޅުވާ ކަމަށް ބުނެ އެވެ.
މޯނީގެ ރަތް ހެދުން ވެސް އޭނާހާ ޗާލެވެ.
މޯނީ ރޯއި
މޯނީ ވަނީ ހިންދީ ސީރީޒްގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ބެލުންތެރިނަށް ފެނިގެން ގޮސްފަ އެވެ. އެގޮތުން މޭޑް އިން ޗައިނާ އަދި ގޯލްޑް ފަދަ ފިލްމުތަކުން އޭނާއަށް ވަނީ ވަރަށް މަގްބޫލުކަން ލިބިފަ އެވެ. އަދި މޯނީ މިހާރު ދަނީ ބްރަމަސްތްރާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ.