
ލޮލަށް ބުޅިހެރުން މީހާ، ފަރުވާއަށް ނައިފަރަށް ގެންދަނީ--
ޒުވާން ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދެނީ
މާއިދާ މުހައްމަދު ރަޝާދު
07 މާރޗް 2021 - 09:58:11
މަސްވެރިކަމުގައި އުޅެނިކޮށް "ރުއްކުރި" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ޅ. މުލީ ބޮއެ ކައިރީގައި މަސްވެރިކަމުގައި އުޅެނިކޮށް އެ ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުނީ 7:30 ހާއިރު ކަމަށާއި އެމީހާ މިހާރު ނައިފަަރަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތުން 9:14 ގައި އެ މީހާ ނައިފަރަށް ގެންދެވިފައިވާކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ އެމީހާއަކީ 35 އަހަރުގެ މީހެއް ކަމަށެވެ.
މިފަހަކަށް އައިސް ލޮލަށް ބުޅި ހެރުން ފަދަ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް