
އެމްޓީސީސީގެ އަހަރީ އާންމުޖަލްސާގެ ތެރެއިން
އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި
ގުފްތަގް އަޖީރު
18 ޖޫން 2025 - 09:46:52
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު އަހަރީ ޖަލްސާގައި ހިއްސާއަކަށް 2 ރުފިޔާގެ ފައިދާ ބެހުމަށް ފާސްކޮށްފިއެވެ.
މިކަން ފާސްކޮށްފައިވަނީ ޖޫން އަންގާރަ ދުވަހުގެ ރޭ 20:30 ގައި ބާސެލޯ ނަސަންދުރާގެ އަރި ބޯލްރޫމްގައި ބޭއްވުނު ޖަލްސާގައެވެ.
މި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ އެމްއެސްޑީ ފަހިވޯޓް މެދުވެރިކޮށެވެ. ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވެފައިވާއިރު، އެއީ 5,587,737 ހިއްސާ ތަމްސީލުކުރާ ފަރާތްތަކެވެ. ހިއްސާދާރުން ވޯޓު ދީފައިވަނީ ކުންފުނީގެ ހިއްސާއަކަށް 2 ރުފިޔާގެ ފައިދާ ބެހުމަށެވެ. އެމްޓީސީސީގެ ހިއްސާގެ ފޭސް ވެލިއުއަކީ 5 ރުފިޔާއެވެ.
މިދިޔަ އަހަރުގެ އޭޖީއެމްގެ ތަފްސީލީ މައުލޫމާތު ކުންފުނީގެ ރަސްމީ ވެބްސައިޓުން ލިބެން ހުރިކަމަށް ކުންފުނިން ބުންޏެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް