ads
ސަރުކާރުން ތައާރަފުކުރާ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުގެ ޑިޒައިންއެއް
ޓެކްސީ ލައިން ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާއަށް 80 މިލިއަން ރުފިޔާ ހަރަދުކުރަނީ
މާލޭ ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ލައިން ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގައި ސަރުކާރުން 80 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
Advertisement

ނަސަންދުރާގައި ބޭއްވުނު އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ސައުދީ ވިދާޅުވީ މި ޕްރޮޖެކްޓަކީ ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

"އީވީ ކާރު ރާއްޖޭގައި އާންމުވާ ކަމަށްވާނަމަ، އާންމު ރައްޔިތުން ޓެކްސީ ލައިންގެ ފްލީޓުގައި ބޭނުންކުރާ ކާރު އަމިއްލަ ގޮތުން ގަންނަން ބޭނުންވާނަމަ އެމްޓީސީސީގެ ޓްރޭޑިންގެ ތެރެއިން ލިބޭނެ" ކަމަށް ސައުދީ ވިދާޅުވިއެވެ.

ޓެކްސީ ލައިން ޕްރޮޖެކްޓްގެ ސަބަބުން އެމްޓީސީސީއަށް ގެއްލުމެއް ނުވާނެ ކަމަށާއި އަދި ކުންފުންޏަށް ފައިދާވެސް ވާނެ ކަމަށް ސައުދީ ވިދާޅުވިއެވެ. މި ޕްރޮޖެކްޓަށް އެމްޓީސީސީން ހަވާލުވެފައިވަނީ ތަފްސީލީ ފީސިބިލިޓީ ދިރާސާއެއް ހެދުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޓެކްސީ ލައިނަށް ބޭނުންވާ އިލެކްޓްރިކް ވެހިކަލްތައް އުފައްދާނެ ކުންފުންޏެއް ހޯދުމުގެ މަސައްކަތާއި، އެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އިލެކްޓްރިކް ވެހިކަލްތަކުގެ ޑިސްޓްރިބިއުޓާޝިޕް އެމްޓީސީސީއަށް ލިބިފައިވާ ކަމަށާއި، މިއީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ސައުދީ ފާހަގަކުރެއްވިއެވެ. 

ސަރުކާރުން ބުނެފައިވާ ގޮތުގައި ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވެނީ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް