ads
މޭގަން އާއި ހެރީ ދެއްވި އިންޓަވިއުގެ މަންޒަރެއް--
ޝާހީ އާއިލާގެ ތެރެއިން މޭގަންއަށް ދިމާވި ކަންކަން މިއަދު ހާމަކުރަނީ
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްއަށް ޝާހީ އާއިލާގެ ތެރެއިން ދިމާވި ކަންކަން ކިޔައިދޭ އިންޓަވިއު މިއަދުގެ ވަގުތެއްގައި އެމެރިކާގައި ރިލީޒްކުރަން ހަމަޖެހިއްޖެ އެވެ.

އޯޕްރާ ވިންފްރީއަށް ދެއްވި އެ އިންޓަވިއުގައި ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ މިންވަރު ހާމަވާނެ ކަމަށް ބެލެވެ އެވެ.

މިއީ ހެރީގެ މަންމާފުޅު، ޕްރިންސެސް ޑަޔާނާ އާއި އޭރުގެ ފިރިކަލުން އަދި ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ ކައިވެންޏާ ބެހޭ ގޮތުން ޑަޔާނާ ދެއްވި އިންޓަވިއުއަށް ފަހު ޝާހީ އާއިލާގެ ބަޔަކު ދެއްވާ އެންމެ ބޮޑު އިންޓަވިއު އެވެ. 

ޝާހީ އާއިލާއާ ވަކިވެ، އެމެރިކާގެ ކެލިފޯނިއާއަށް ދިރިއުޅުން ބަދަލުކުރަން ޖެހުނު ސަބަބު ޑިއުކް އަދި ޑަޗަސް އޮފް ސަސެކް މި އިންޓަވިއުގައި ހާމަކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އިންޓަވިއުގެ އިޝްތިހާރަށް ބަލާއިރު ކަންކަން ހާމަކުރަން ތައްޔާރަށް ހުރި ކަމަށާއި ޝާހީ އާއިލާއިން ދޮހު ހަދާ ނަމަ މަޑުން ނުހުންނާނެ ކަމަށް މޭގަން ވިދާޅުވާ މަންޒަރު ފެނެ އެވެ. 

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މޭގަން އާއި ހެރީ އުޅުއްވަނީ ޝާހީ ޒިންމާތައް އަދާ ނުކޮށް، ޝާހީ އާއިލާއަށް ލިބޭ ހުރިހާ ސަމާލުކަމެއް ހޯދުމަށެވެ. 

ނަމަވެސް މޭގަންގެ ސަޕޯޓަރުން ބުނަނީ ޝާހީ އާއިލާއިން ގެންގުޅޭ ނަސްލީ ތަފާތު ކުރުމުގެ އަމާޒަކަށް މޭގަންވީ އޭނާއަކީ ކަޅު ނަސްލަށް ނިސްބަތްވާ މީހަކަށް ވާތީ ކަމަށެވެ. 

ތަޖުރިބާކާރުން ބުނާ ގޮތުގައި މި އިންޓަވިއުގެ ސަބަބުން ޝާހީ އާއިލާ އާއި ހެރީގެ ދެކަނބަލުންގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް