ads
ކުރީގެ މިނިސްޓަރު މަލީހު އަދި ރައީސް ނަޝީދު
ނަޝީދު ރުޅި އަންނަނީ މެނިފެސްޓޯގައި ބަރުލަމާނީއަށް ފުރޮޅާލާ ވައުދު ނެތުމުން: މަލީހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯފާވެގެން އުޅުއްވަނީ، އެއްވެސް މެނިފެސްޓޯއެއްގައި ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމުގެ ވައުދު ހިމަނާފައި ނުވާތީކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ، މިނިސްޓަރު ފައްޔާޒަށް ރައީސް ނަޝީދު ކުރައްވާ ތުހުމަތެއްގެ ވާހަކަތައް ފެންމަތިވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. 

އެގޮތުން "އެމްޑީޕީ ގައުމީ މަޖިލިސް" ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި، މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން، ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ކްލިނިކެއް ދީފައިވާކަމަށް ތުހުމަތުކޮށް އެކަން އެގޮތަށް ދާން ދޫނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމުގެ ވާހަކަތަވެއް ވަނީ ތިލަވެފައެވެ. 

މިކަންކަން އިޝާރާތް ކުރައްވައި މަލީހު ވިދާޅުވީ، ރައީސް ނަޝީދު ކޯފާވެގެން އުޅުއްވަނީ، ކޯލިޝަން ސަރުކާރުގެ ޖަޒީރާ މެނިފެސްޓޯ އާއި، އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯގައި ވެސް، ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ ވައުދު ހިމަނާފައި ނުވާތީ ކަމަށެވެ. 

މަލީހު ވިދާޅުވީ، އެ ވައުދު އެއިން އެއްވެސް މެނިފެސްޓޯއެއްގައި ހިމަނަންވެސް އަދި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަންވެސް އެމްޑީޕީ ސަރުކާރުން ބޭނުން ނުވާކަން ވަރަށް ސާފު ކަމަށެވެ. އަދި ރައީސް ނަޝީދުގެ މިކަމާއި ކޯފާ އިސްކުރައްވަނީ، ސަރުކާރު ބަލިކަށިކުރަން ޖަހާ ދަންތުރައެއްގެ ގޮތުން ކަމަށްވެސް މަލީހު ސިފަކުރެއްވިއެވެ. 

ކޮމިއުނިކޭޝަން މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކުރުމަށް މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގި ދުވަހުވެސް މަލީހު ވަނީ ރައީސް ނަޝީދާއި އެމްޑީޕީއަށް މިފަދަ ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ. 

އެގޮތުން އެމަނިކުފާނު މަގާމުން ދުރުކުރުމަށް އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރައްވަނީ، ގަނާނޫ އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމަނިކުފާނު ބޭނުންކުރެއްވުމުން، އެކަން ހަޖަމު ނުވެގެން ކަމަށާއި، އެދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު އެމަނިކުފާނަށް ބިރުދެއްކި ކަމަށްވެސް މަލީހު ވަނީ މީގެކުރިން ތުހުމަތު ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް