ads
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުން---
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެރަށުގައި މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތެއްގައި ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ކުރީގެ ހެލްތު މިނިސްޓަރު އަނީސާ އަހުމަދެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ މަަސައްކަތްކުރަން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަން ކުންފުންޏަށެވެ.

ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އެ ހޮސްޕިޓަލުގެ އާ އިމާރާތާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ނިމުމާއެކު ހޮސްޕިޓަލުން އާ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ތިން ފްލޯގެ ތެރެއިން އެއް ވަނަ ފްލޯގައި ދިހަ އިމަޖަންސީ އެނދާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއްގެ އިތުރުން ސީޓީ ސްކޭނާއި އެކްސްރޭ އަދި މެމޮގްރަފީ ހިދުމަތާއި އަލްޓްރާ ސައުންޑް ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ފޯރުކޮށްދޭން ނިންމާފައިވާއިރު އޮޕަރޭޝަން ދެ ތިއޭޓަރާއި އާ ލެބޯޓަރީއެއް ވެސް ގާއިމުކުރަން ހަމަޖެހިފައިވެ އެވެ،

އޭގެ އިތުރުން ކަށީގެ އޮޕަރޭޝަންތަކާއި ފިޒިއޮތެރަޕީގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ދެވަނަ ފްލޯގައި ޕްރައިވެޓް ނުވަ ކޮޓަރި ހުންނާނެ އެވެ.

މިނިސްޓަރު ވަނީ އެ ރަށް މެދުވެރިކޮށް އެހެން ރަށްތަކަށް މޯބައިލް ލެބޯޓްރީގެ ހިދުމަތް ދެށުމުން އެންމެނަށް ވެސް ފަސޭހަވެގެންދާނެކަން ވެސް ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް