ads
އާލިއާ ބަޓް
އާލިއާ ހަށިގަނޑުގެ ގުނަވަންތައް ހަދިޔާ ކުރަނީ
މިމަހުގެ 11 ވަނަ ދުވަހަކީ ވޯލްޑު ކިޑްނީ ޑޭ ކަމުގައި ވާއިރުގައި އާލިއާ ވަަނީ އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ޑޮނޭޓް ނުވަތަ ހަދިޔާ ކުރާނެ ކަން ހާމަކޮށްފިއެވެ.

އާލިއާގެ އިތުރުން އޭނާގެ ލޯބިވެރިޔާ ރަންބީރު ވެސް ވަނީ އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ.

ނަމަވެސް މި ދެތަރިން އެމީހުންގެ ގުނަވަންތައް ހަދިޔާ ކުރަނީ ކާކައް ކަމެއް އަދި ކޮން އިރަކު ކަމެއް ހާމަކޮށްފަ އެއް ނުވެއެވެ.

އަމަރް ގާންދީ ފައުންޑޭޝަންގެ ފަރާތުން މިއަހަރުގެ ދުނިޔޭގެ ކިޑްނީގެ ދުވަހުގައި ކިޑްނީ ހަދިޔާ ކުރުމަށް ފަށާފައިވާ ކެމްޕޭނުގައި އާލިއާ، ރަންބީރު، އަމީތާބްގެ އިތުރުން ކަރަން ޖޯހަރުވެސް ބައިވެރިވާނޭ ކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި އިންސްޓަގުރާމުގައި އެމީހުންދަނީ މިކަމަށް އެހެން މީހުންނަށް ގޮވާލަމުން ނެވެ.

your imageފޮޓޯ---

އެގޮތުން މީހުންނަށް އެމީހުންގެ ކިޑްނީ، ބަލި މީހުންނަށް މިމަހުގެ މާޗްމަހުގައި ޑޮނޭޓު ކުރުމަށް ވެސް އެތަރިން ވަނީ އިލްތިމާޒުކޮށްފަ އެވެ.

މިތަރިން މި ކެމްޕެއިންގައި ބައިވެރިވެފައިވާއިރުގައި އެމީހުން ދަނީ ބްރަމަސްތްރާ ފިލްމުގައި އެކުގައި މަސައްކަތް ކުރަމުން ނެވެ.

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް