އިޔާޒު މިހެން ވިދާޅުވީ މިރޭ ސީއެންއެމްގެ އިތުރުކާފު ޕްރޮގްގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އިޔާޒް ވިދާޅުވީ ދީނާއި ސިޔާސަތަކީ އެކައްޗެއް ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން އިޔާޒު ވިދާޅުވީ އަދާލަތު ޕާޓީ ކިޔާ ސީޔާސީ ޕާޓީއެއް ވެސް އުފައްދައިގެން އުޅެނީ އެހެން ވެގެންކަމަށެވެ.
އޭނާ ވިދާޅުވީ ދިނާ ހިލާފުވާކަމެއް ސިޔާސީ ބޭފުޅުން ކުރެއްވިއަސް އެކަމަކާ އިންކާރު ކުރުމަކީ ކުރަންޖެހޭކަމެއް ކަމަށެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވި އިރު އޭނާ ސޯސަލް މީޑިއާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރުމަށް ނެޝަނަލް ޔުނިވާސިޓީން ވަނީ ޑރ. އިޔާޒު 15 ސަސްޕެންޑުކޮށްފައެވެ.
ނަމަވެސް ޑރ. އިޔާޒު ވިދާޅުވެފައިވަނީ ހައްގުބަސް ބުނުމުގައި ފަސް ނެޖެހޭނެކަމަށެވެ.