އެމެރިކާގެ ސީބީއެން ނިއުސްއަށް ދެއްވި އިންޓަވިއުގައި މޭގަން ވިދާޅުވެފައިވަނީ، އެކަމަނާއާއި ފިރިކަލުން ހެރީ އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލެސް ދޫކުރައްވައި ވަޑައިގަން އަސްލު ސަބަބަކީ ޝާހީ އާއިލާއިން ނަސްލީ ތަފާތު ކުރުން ގެންގުޅުންކަމަށެވެ.
މޭގަން އާއި ހެރީގެ ހާއްސަ އިންޓަވިއު އެއް ރޭ އެމެރިކާގައި ވަނީ އަޅުވާފައެވެ. މިއީ އެމީހުން ޝާހީ ގަނޑުވަރުން ނުކުމެގެން ދިޔަ ފަހުން ދިން ފުރަތަމަ އިންޓަވިއުއެވެ.
މި އިންޓަވިއުގައި މޭގަން ބުނެފައިވަނީ، އެނާ ބަނޑުބޮޑު ދުވަސްވަރު ވެސް ބަނޑުގައި އޮތް ދަރިފުޅަށް ވަލީއަހުދު ކަން ދޭން ބޭނުންނުވާކަމަށް ޝާހީ އާއިލާއިން ބުނެފައިވާކަމަށެވެ.
އޭރު ބަނޑުގައި އޮތީ އަންހެން ދަރިފުޅެއްކަމެއް ނުވަތަ ފިރިހެން ދަރިފުޅެއްކަމެއް ވެސް ނޭގެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ދަރިފުޅު ކަޅުވެދާނެތީ ރާނީ ކަންބޮޑުވުން ފާޅުކުރެއްވިކަމަށް ވެސް ވިދާޅުވިއެވެ.
ސަބަބަކީ މޭގަން އަކީ ޝާހީ ލޭ އޭނާގެ ގައިގައި ނުހިނގާ މީހަކާށް ވާތީކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް ޝާހީ އާއިލާއިން މޭގަން އާއި ހެރީ އަށް ބިރު ދައްކާފައިވާކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. އެގޮތުން ސެކިއުރިޓީ ނުދޭނަކަމަށް ވެސް އަންގާފައިވާކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއެވެ.