މިކަން ހާމަކޮށްފައިވަނީ އަލް ޖަޒީރާއާއި، އިޒްރޭލުގެ ނޫހެއް ކަަމަށްވާ ހާރެޓްޒް ގުޅިގެން ހިންގި ތަގުގީގަކުންނެވެ.
އެގޮތުން މިކަން ކުރިކަން ހާމަވާ ލިޔެކިޔުންތަކެއް ވަނީ ހޯދާފައެވެ.
އެ ލިޔެކިތައް ބުނާގޮތުން ފޯނުތަކުގެ ހެކްކޮށްގެން މައުލޫމާތު ހޯދުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބަނގުލަދޭޝް ޝަރުކާރުން ވަނީ އިޒްރޭލުގެ ފާމަކަށް 330،000 (ތިންލައްކަ ތިރީސް ހާސް) އެމެރިކާ ޑޮލަރު ދީފައެވެ.
ސިއްރުން މި މުއާމަލަތްތައް ބަނގުލަދޭޝް ސަރުކާރުން ހިންގާފައިވާއިރު، ބަނގުލަ ދޭޝް އިން އޮންނަނީ އިޒްރޭލާއި ސިޔާސީ އަދި ވިޔާފާރީގެ ގުޅުން ވެސް ކަނޑާލާފައެވެ.