މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ގދ.އަތޮޅު ހިމެނޭގޮތަށް އެދެމުގެ އަތޮޅުތަކަށެވެ.
މެޓްއިން ބުނީ މިއަދު ހެނދުނު 7:45 އިން ފެށިގެން މިއަދު މެންދުރު 13:00 ޖެހުމާއި ހަމައަށް އެދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ވިލާގަނޑަކު ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށާއި، އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ.