މާލޭ ސިޓީއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ވާއިރަށް، އެތަން ހުޅުވޭނެ ކަމަށެވެ.
އަދި މާލޭގައި ތޮށްޖެހުން ކުޑަކުރުމުގެ ދަށުން ސީއެޗްއެސްސީ މިހާރު ހުޅުމާލެއަށް ބަދަލުކުރެވި އިތުރު ކުދިންނަށް އޭލެވް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެ ސްކޫލް މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުުރުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި މިހާރު އަލަށް އަޅާ ސަލާހުއްދީން ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކުރެވިފައި ކަމަށެވެ.
ހަމައެއާއެކު ފޭސް ދޭކަށް މީހުން ބަދަލުވާތީ ސްކޫލަށްދާ ކުދިންނަށް ސްކޫލުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިތުރު ސްކޫލުތަކެއް އިމާރާތް ކުރުމަތް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށްވެސް މިނިސްޓްރު ވަނި ވިދާލުވެފައެވެ.