ads
ހެރީ އައި މޭގަން އާޗީ އާއެކު--
ހެރީ އާއި މޭގަންގެ ދަރިކަލުންގެ ހަމުގެ ކުލައާ މެދު ސުވާލުކުރެއްވީ ރާނީއެއް ނޫން
ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ފުރަތަމަ ދަރިފުޅުގެ ހަމުގެ ކުލަ ކަޅުވާނެތޯ ސުވާލުކުރެއްވީ ރާނީ އަދި އެކަމަނާގެ ފިރިކަލުން ނޫން ކަމަށް އޯޕްރާ ވިންފްރީ ބުނެފި އެވެ.
Advertisement

ސީބީއެސް ނިއުސްއަށް އިއްޔެ ދިން އިންޓަވިއުގައި އޯޕްރާ ބުނީ ހެރީ އާއި މޭގަންގެ ދަރިކަލުންގެ ހަމުގެ ކުލައާ މެދު ސުވާލުކުރެއްވީ ރާނީ އަދި އެކަމަނާގެ ފިރިކަލުން ޑިއުކް އޮފް އެޑިންބާގް ނޫން ކަމަށް ހެރީ ސާފުކޮށްދެއްވި ކަމަށެވެ. 

ނަމަވެސް އެފަދަ ގޮތަކަށް ވާހަކަދެއްކެވީ ޝާހީ އާއިލާގެ ކޮން މެމްބަރެއް ކަމެއް ވެސް ހެރީ ހާމަކުރައްވާފައި ނުވާ ކަމަށް އޯޕްރާ ބުންޏެވެ. 

މޭގަން ފުރަތަމަ ދަރިފުޅަށް ބަލިވެއިން އިރު، އެ ކުއްޖާގެ ހަމުގެ ކުލައާ މެދު ޝާހީ އާއިލާގެ މެމްބަރަކު ސުވާލުކުރެއްވިކަން ހާމަކޮށްފައިވަނީ މޭގަން އާއި ހެރީ ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އޯޕްރާއަށް ދެއްވި އެ އިންޓަވިއުގައި އެ ދެ ކަނބަލުން ވަނީ ޝާހީ އާއިލާގެ ތެރެއިންނާއި އިނގިރޭސި ޓެބްލޮއިޑް މީޑިއާގެ ތެރެއިން ދިމާވި ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަ ދައްކަވާފަ އެވެ. 

ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ އިންޓަވިއުގައި ހެރީ އާއި މޭގަން ވަނީ ޝާހީ ޒިންމާތައް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރެއްވި ފަހުން، ޝާހީ އާއިލާގެ އެއްވެސް މެމްބަރަކު އެމީހުންނާ މެދު އަމަލުކުރެއްވި ގޮތަށް މައާފަށް އެދިފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ހެރީ އާއި މޭގަންއަށް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދަރިކަލުންގެ ނަމަކީ އާޗީ އެވެ. އެއް އަހަރުގެ އެ ކުއްޖާ އުފަންވެ ވަޑައިގެންނެވުމުގެ ކުރިން އެ ކުއްޖާގެ ހަމުގެ ކުލައާ މެދު ޝާހީ އާއިލާގެ ތެރެއިން ސުވާލު އުފައްދާފައި ވާއިރު، މޭގަންއަކީ ކަޅު ނަސްލަށް ނިސްބަތްވެ ވަޑައިގަންނަވާ މީހެކެވެ. 

މޭގަން މިހާރު އިންނެވީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. އެއީ އަންހެން ކުއްޖެއް ކަމަށް މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. 

44%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް