ads
ހއ. ބާރަށް
ބާރަށުގައި ކޮވިޑްގެ ސަބަބުން ފިޔަޅުތައް ހަށުކަށިކޮށްފި
ބާރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެރަށުގައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ ކަމަށް ބާރަށު ކައުންސިލުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ ވިދާޅުވީ، ބާރަށުން މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 26 އަރާފައި ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން އެންމެ ބޮޑަށް އޮތީ އުތުރު އަވަށުގައި ކަމަށެވެ.

އަދި އިއްޔެ އިތުރު 6 މީހަކު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރަމުން އާސިފް ވިދާޅުވީ، މިހާރު ރަށުން ޖުމްލަ 216 ރޭމްޑަމް ސާމްފަލް ނެގާފައިވާ ކަމަށެވެ.

ކޮވިޑް ގެ ބަލިމަޑުކަން ރަށުގައި ހަލުވި ކަމާއެކުގައި ފެތުރެމުންދާއިރު، 2110 މީހުންގެ އާބާދީއެއް އޮންނަ ބާރަށުން 100 އެއްހާ ގެ ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް ވެސް އާސިފް ހާމަކުރެއްވި އެވެ.

މީގެ އިތުރުން މިހާރު ރަށުގައި މީހުންނަށް ގެއިން ނިކުމެވޭނީ ފުލުހުންގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. އަދި ހުއްދަނެތި ގެއިން ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

ހަމަމިއާއެކުގައި ސްކޫލުތައް ވަނީ ބަންދުކޮށްފައި ކަން ހާމަކުރަމުން އާސިފް ވިދާޅުވީ އާންމު ހިދުމަތްދޭ ރެސްޓޯރެންޓު، ކެފޭ އަދި ފިހާރަތައް ވެސް އާންމު އުސޫލުން ހިދުމަތް ދިނުން ވަނީ ދެމުކަޑާލާފަ އެވެ.

ބާރަށުގައި ކޮވިޑް ފެތުރެން ފަށާފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހުން ޕޮޒިޓިވްވެ އެމީހުންނާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވްވުމާ އެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް