ads
ޕްރިންސް އާއި ޔުވިކާ---
"ނަޗް ބަލިއޭ 9"ގެ ތަށި މިފަހަރު އުފުލާލީ ޕްރިންސް އާއި ޔުވިކާ!
"ނަޗް ބަލިއޭ 9" އިންޑިއާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޕްރިންސް ނަރޫލާ އާއި އޭނާގެ އަންހެނުން އަދި އެކްޓަރެސް ޔުވިކާ ޗޯދަރީ ކާމިޔާބުކޮށްފިއެވެ.
"ނަޗް ބަލިއޭ 9" އިންޑިއާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޕްރިންސް ނަރޫލާ އާއި އޭނާގެ އަންހެނުން އަދި އެކްޓަރެސް ޔުވިކާ ޗޯދަރީ ކާމިޔާބުކޮށްފިއެވެ.

ޕްރިންސް އާއި ޔުވިކާ އެ ޝޯ ކާމިޔާބުކުރީ ފައިނަލުގައި ފަސް ބައިވެރިންނާ ވާދަކޮށްގެންނެވެ. އެގޮތުން މުބާރާތުގެ ދެވަނަ ހޯދާފައިވަނީ އަނިތާ އާއި ރޯނިތު އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ވިޝާލް އަދިތްޔާ ސިންހް އާއި މަދޫރިމާ ތުލީ އެވެ.

ނަޗް ބަލިއޭގެ ޓްރޮފީ އާއެކު ޕްރިންސް އާއި ޔުވިކާއަށް ވަނީ 50 ލައްކަ ރުޕީސް ލިބިފައެވެ.



ޕްރިންސް އާއި ޔުވިކާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ކަލާސް އިން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް ނުވައެއް ކާމިޔާބުކޮށްފައިވާ ޕްރިންސް އާއި ޔުވިކާ ބައްދަލުވެފައިވަނީ އެޝޯގެ ތެރެއިންނެވެ.

2015 ވަނަ އަހަރު ދެއްކި ޝޯ، "ބޮގް ބޮސް 9" ޕްރިންސް ކާމިޔާބުކުރިއިރު އެއަހަރު އޭނާވަނީ އެމްޓީވީ އިން ދައްކާ މަޝްހޫރު ޝޯ "ރޯޑީސް އެކް2" އަކާއި "ސްޕްލިޓްސް ވިލާ 8" ކާމިޔާބުކޮށްފައެވެ. މިހާރު އޭނާއަކީ "ރޯޑީސް އެކްސްޓްރީމް" ގެ ގޭންގް ލީޑަރެއްވެސް މެއެވެ.

ޔުވިކާ ވަނީ "އޯމް ޝާންތި އޯމް" އާއި "ވީރޭ ޑީ ވެޑިން"ގައި ވެސް މަސައްކަތްކޮށްފައެވެ. ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޔުވިކާ މިހާރު އަންނަނީ ކުމްކުމް ބާގިޔާ ގައި މަސައްކަތް ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް