ads
ރާއްޖެ އައި ބައެއް ފަތުރުވެރިން ޖުމްހޫރީ މައިދާނުގައި--- ފޮޓޯ: ސަން
އިއްޔެ ރާއްޖެއައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް!
ފަހަކަށް އައިސް ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވަމުން އައިސް، އެ އަދަދު ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އިއްޔެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 2800 އެވެ.

އެގޮތުން އާދިއްތަ ދުވަހު ރާއްޖެއަށް 4325 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ހޮނިހިރު ދުވަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައުވަނީ 4164 ފަތުރުވެރިންނެވެ. އަދި ހުކުރު ދުވަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 3775 ފަތުރުވެރިންނެވެ. 

މިހާތަނަށް މިމަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ.

your imageމާޗް 2021ގެ މިހާތަނަށް ރާއްޖެއަށް ވަކިވަކި ދުވަސްތަކުގައި ފަތުރުވެރިން ޒިޔާރަތް ކުރި އަދަދުު ---

މިހާތަނަށް މިމަހު ރާއްޖެއަށް ޖުމުލަ 26،970 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.  މިއާއެކު މިއަހަރުގެ މިހާތަނަށް 215،955 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. 

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިއާ އިންނެވެ. 

2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާ އިންނެވެ. އަދި އިންޑިއާއަކީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ގައުމެވެ. 

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 17 އަތޮޅެއްގެ 53 ރަށެއްގައި ހިންގާ 371 ގެސްޓްހައުސް އަކުން އަންނަނީ ފަތުރުވެރިންނަށް ހިދުމަތް ދެމުންނެވެ. އަދި ރާއްޖޭގެ 18 އަތޮޅެއްގައި 148 ރިސޯޓަކުން އަންނަނީ ފަތުރުވެރިންނަށް ހިދުމަތް ދެމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް