ads
ޔުވެންޓަސްގެ ރޮނާލްޑޯ އަދި ޑޯޓްމަންޑުގެ ހާލަންޑް
ޗެމްޕިއަންސް ލީގުގެ މެޗުތައް މިރޭ
ޗެމްޕިއަންސް ލީގުގެ ފަހު ސޯޅަ ޓީމުގެ ދެވަނަ ލެގުގެ މެޗުތައް މިރެއާ މާދަމާރޭ އަދި އަންނަ ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހުގެ ރޭ ކުޅެވޭނެއެވެ. މިރޭ ކުޅޭނީ ބޮރޫޝިއާ ޑޯޓްމަންޑާ ސެވިއްޔާގެ މެޗުގެ އިތުރުން ޔުވެންޓަސް އާ ޕޯޓޯގެ މެޗެވެ.
Advertisement

މިރޭ އެއްމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނީ ޔުވެންޓަސް އާ ޕޯޓޯގެ މެޗަށެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު މި ދިޔަ މަހު ކުޅެވުނު އިރު އެ މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ކުރި ހޯދާފައިވަނީ ޕޯޓޯއިންނެވެ. އެހެންކަމުން މިރޭގެ މެޗުގެ ނަތީޖާ އަނެއްކޮޅަށް އަނބުރާލުމަށް އެންމެ މުހިއްމު ދައުރެއް އޮންނާނެ ކުޅުންތެރިއަކަށް ވެގެންދާނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އުމުރުން ތިރީސް ހަ އަހަރުގެ ރޮނާލްޑޯވަނީ މީގެ ކުރިންވެސް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ހެޓްރިކެއް ހަދައި ފަހު ލެގުން ނަތީޖާ އަނބުރާލާފައެވެ. އެއީ ދެހާސް އަށާރަވަނަ އަހަރު، އެތްލެޓިކޯ އަތުން ފުރަތަމަ ލެގުގައި ދެ ލަނޑު ސުން ލަނޑުން ބަލިވެފައިވަނިކޮށް ދެވަނަ ލެގައި ތިން ލަނޑު ސުން ލަނޑުން އެތްލެޓިކޯ ކަޓުވާލައިގެންނެވެ. އެ މެޗުގައި ޔުވެންޓަސްގެ ތިން ލަނޑުވެސް ޖެހީ ރޮނާލްޑޯއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭނެ އަނެއް މެޗަކީ ބޮރޫޝިއާ ޑޯޓްމަންޑާ ސެވިއްޔާގެ މެޗެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު ތިން ލަނޑު ދެ ލަނޑުން ޑޯޓްމަންޓް ކާމިޔާބުކޮށްފައިވުމަކީ އެ ޓީމަށް އޮތް އެޑްވާންޓޭޖެކެވެ.

ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ކުޅޭނީ ލިވަޕޫލްއާ އާރުބީ ލެއިޒްޕިގުގެ މެޗާ ޕީއެސްޖީއާ ބާސެލޯނާގެ މެޗެވެ. ބާކީ ހަތަރު މެޗު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހުގެ ރޭއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް