ހެރީ އާއި ކައިވެނި ބައްލަވައިގަތުމުގެ ކުރިން މެގަން ވަނީ، ހޮލީވުޑްގެ ޕްރޮޑިއުސާ ޓްރެވިއާ އެންގެލްސަން، 44 ކައިވެނި ބައްލައިގެންފައެވެ.
އެންގެލްސަން އަކީ މަޝްހޫރު ފިލްމުތަކެއް ޕްރޮޑިއުސް ކޮށްފައިވާ މީހެކެވެ. އެގޮތުން "ޑީޕް ބުލޫ ސީ" އަދި އެމެރިކާގެ ޓުވިންޓަރު ގޮއްވާލުމަށް ދިމާވި ހާދިސާއާއި ގުޅުވައިގެން ގެނެސްދިން ރޮމޭންޓިކް ޑްރާމާއެއް ކަމަށްވާ "ރިމެމްބާ މީ" ގެ ސީރީސް އާއި، "ލައިސެންސު ޓު ވެޑް" ހިމެނެއެއެވެ.
މެގަން އާއި ހެރީ ދިމާވީ 2016 ވަނަ އަހަރުއެވެ. އަދި އޭރު ހޭރީގެ އުމުރަކީ 36 އަހަރެވެ. އެ ދެމީހުން ކައިވެނިބައްލަވައިގަތީ 2018 ވަނަ އަހަރުއެވެ.
ދެކަލުންނަށް ފިރިހެން ބޭފުޅެއް ލިބިވަޑައިގެންފައިވާއިރު، މެގަން މިހާރު އިންނެވީ އަންހެން ބޭފުޅަކަށް އާލާސްކަންފުޅާއެވެ.
މެގަން އާއި ހެރީ