ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
އިންތިހާބަށް ބޭނުންވާ އިތުރު 29.8 މިލިއަންގެ ބަޖެޓެއް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ބޭނުންވާ ބަޖެޓަށް އިތުރު 29.8 މިލިއަން ރުފިޔާގެ ބަޖެޓެއް އިލެކްޝަން ކޮމިޝަނަށް ދިނުމަށް، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސް ކޮށްފިއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިފަދައިން ނިންމާފައިވަނީ މިއަދު ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ 11 ވަނަ ބައްދަލު ވުމުގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަކީ މިދިޔަ އަހަރު ބާއްވަން އޮތް އިންތިހާބެކެވެ. ނަމަވެސް މި އިންތިހާބު ފަސް ކުރުމަށް މިދިޔަ އަހަރު މަޖިލީހުން އެކުލަވާލި ސަންސެޓް ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވުން އެއް އަހަރަށް ފަސް ކުރީ ކޮވިޑް 19 ގެ ބަލިމަޑު ކަމާއި ގުޅިގެންނެވެ.

އޭގެ ފަހުން މިއަހަރު ތެރޭ ވަނީ އަލުން ސަންސެޓް ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގައިވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު ތަނަވަސްކޮށް، އަންނަ އޭޕްރީލް 10ގައި އިންތިހާބު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

މިހާރުގެ ހާލަތުގައި އިންތިހާބު ބާއްވާނަމަ، އެޗްޕީއޭގެ ގައިޑްލައިނުތަކާއި އެއްގޮތަށް ސަލާމަތީ ކަންކަން ހަމަޖައްސައިގެން އިންތިހާބު ބޭއްވުމަށް މިހާރު އޮތް ބަޖެޓުން ނުވާނެ ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ރައްޔިތުންމަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިއްޔެވެސް ވަނީ، 42 މިލިއަން ރުފިޔާގެ ބަޖެޓް 29 މިލިއަން ރުފިޔާއަށް ކުޑަކުރުމުން އިންތިހާބު ބޭއްވުމުގެ ކަންކަމުގައި އިތުރު ލުއިތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އިލެކްޝަނުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި 42.8 މިލިއަން ރުފިޔާގެ ބަޖެޓު 29.8 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން، ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވާ އެހެން ހަރަދުތައް އުނި ކުރުމަށް ފަހު އެވެ. 

ނަމަވެސް މިއަދު މާލިއްޔަތު ކޮމިޓީން ވަނީ އިންތިހާބަށް ބޭނުންވާ 29.8 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކޮށްދިނުމަށް ނިންމާފަ އެވެ. މި ނިންމުމަކީ، ފިނޭންސް މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށް އިރުތު ކޮށްދިން ބަޖެޓެއް ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ. އަދި މިފައިސާ ދޫކުރަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނުތަކަށް އަންނަ ބަދަލަށް ބެލުމަށްފަހު، ކަނޑަންޖެހޭ އެއްޗެއް ކެނޑުމަށްފަހު ކަމަށް މާލިއްޔަތު ކޮމިޓީން ބުނެފައި ވެއެވެ. 

މި ހުށަހެޅުން ފާސް ކޮށްފައިވަނީ ކޮމެޓީ ބައްދަލުވުމުގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް