ads
ދިވެހިރާއްޖޭގެ ހައިކޯޓު-
ކުޑަކުއްޖަކު ގްރޫމްކުރި ދެމީހަކު ދޫކުރަންކުރި އަމުރު ބާތިލުކޮށްފި
18 އަހަރުން ދަށުގެ އަންހެން ކުއްޖަކު، ރޭގަނޑު ވަގުތެއްގައި ގެސްޓްހައުސް އަކަށް ގެންގޮސް، އެ ކުއްޖާ ގްރޫމްކުރުވައިގެން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކޮށްފި އެވެ.
Advertisement

މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހައިކޯޓުން ބޭއްވި ޝަރީއަތުގައި، ދެމީހުންގެ ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ، އއ. އުކުޅަސް، ބަހާރީގެ، އިބްރާހީމް ނިހާން އަދި އއ. އުކުޅާސް، ނޫރާނީވިލާ، އަހުމަދު ފިރާޝްގެ މައްޗަށެވެ.

އެގޮތުން އިބްރާހީމް ނިހާންގެ މައްޗަށް ދައުވާ ކޮށްފައިވަނީ، 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖެއް ރޭގަނޑު ވަގުތެއްގައި ގެސްޓް ހައުސްއަކަށް ގެންގޮސް، އެ ކުއްޖާ ގްރޫމް ކުރުވައިގެން ޖިންސީ އަމަލެއް ހިންގުމަށް ހިތްވަރުދީ، އެ ކުއްޖާ ލައްވާ އެހެންމީހަކާއެކުު ޖިންސީ އަމަލެއް ހިންގުވި ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި އަހުމަދު ފިރާޝްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

އެކި ފަހަރު މަތިން ނިހާން އާއި ފިރާޝްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެމީހުން ބަންދުން ދޫކޮށްފި ނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަތެއް ކުރިމަތިވެ ދާނެ ކަމަށް ފެންނާތީ އެވެ. 

ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ފިރާޝް ހާޒިރު ކުރުމުން، އޭނާ ބަންދުގައި ބަހައްޓާނެ ގާނޫނީ ހަމައެއްނެތް ކަމަށް ކަނޑައަޅާ، ޝަރުތުތަކަކާއެކު 11 ފެބްރުއަރީ 2021ގައި އޭނާ ދޫކޮށްލުމަށް ނިންމާ އަމުރު ކުރީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. 

މީގެ އިތުރުން އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ނިހާން ބަންދުން ދޫކުރީ 15 ފެބްރުއަރީ 2021 ގައެވެ. ނިހާންވެސް ބަންދުން ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ. 

ހައި ކޯޓުން މިއަދު ބާތިލު ކުރީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު މި ދެ އަމުރެވެ. އެއީ ދައުލަތުން މި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް