ads
އެމްއެންޔޫ---
ދައުރުކުރާ ފޮޓޯއަކީ "މަޖާ" ކުރުމެއްގެ ތެރެއިން ނެގި ފޮޓޯއެއް: އެމްއެންޔޫއެސްޔޫ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގައި ދަރިވަރަކަށް ހަނގާ ކުރިކަމަށް ބުނެ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ "މަޖާ" ކުރުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށް އެމްއެންޔޫގެ ސްޓޫޑަންޓް ޔޫނިއަނުން ބުނެފި އެވެ.
Advertisement

ދަރިވަރަކަށް ހަނގާ ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއެއްގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެމްއެންޔޫ އެސްޔޫ އިން ނެރުން ނޫސް ބަޔާނެއްގައި ބުނީ އެފޮޓޯއަކީ 2019 ވަނަ އަހަރު ދަރިވަރުންތަކެއްގެ މެދުގައި މަޖާކުރުމުންގޮސް ކޮށްފައިވާ ކަމެއް ކަމަށާއި އެ ފޮޓޯގައި ހަނގާކުރުމުގެ ގޮތުން އެއްވެސް އަމަލެއް ހިންގާފައިނުވާކަން ކަށަވަރުކުރެވޭ ކަމަށެވެ. 

އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާނެކަން ފާހަގަކޮށް ބަޔާނުގައި ބުނީ ބައެއް ދަރިވަރުން ބޭނުންކުރަމުންދިޔަ ނުރަސްމީ ވައިބާ ގްރޫޕަކަށް 2019 ވަނަ އަހަރު އެފޮޓޯ ލެވުމާއި
ގުޅިގެން، އެފޮޓޯއަކީ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ދަށުދަރަޖައިގެ އަމަލެއްކަމަށް ގަބޫލުކުރެވި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެފަދަ ކަންކަން ތަކުރާރުނުކުރުމަށް ނަސޭހަތްތެރިވެ އެފަދަ ކަންކަން ކުރުން ހުއްޓުވާފައިވާ ކަމަށެވެ. 

އެއްވެސް ހާލެއްގައި އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަން އަކީ ހަނގާކުރުމާއި އަދި އެނޫންވެސް އިޖްތިމާއީ ގޮތުން ދަށުދަރަޖައިގެ އަމަލެއް ހިންގުމަށް ހިތްވަރުދޭނެ ޔޫނިއަންއެއް ނޫނެވެ. އަދި މިފަދަ އަމަލުތައް މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އޭގެ އިތުރުން، އެ ޔޫނިއަންއަކީ ރިވެތި އަހްލާގުގެ ސިފަތަކުން ޒީނަތްތެރިވެފައިވާ ޒިންމާދާރު، ހަރުދަނާ ޒުވާނުން އުފެއްދުމަށް އަބަދުވެސް ގަދައަޅާ މަސައްކަތްކުރާ، އަދި ކުރިއަށް އޮތްތަނުގައިވެސް ހަމަ އެ އުސޫލުން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ޔޫނިއަންއެއްކަމުގެ ޔަގީންކަން ދޭކަމަށް ވެސް ބުނެފައިވެ އެވެ. 

ބަޔާނުގައި އިތުރަށް ބުނީ އާންމުކުރުމުގައި ކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ސާފުކޮށް، ކަމުގެ ހަގީގަތް އާންމު ފަރާތްތަކަށް އޮޅުން ނާރާނެ ގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށާއި އަދި ގައުމީ ޔުނިވާސިޓީއާ، އެމްއެންޔޫ.
ދަރިވަރުންގެ ޔޫނިއަންގެ އަގު ވައްޓާލުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރު ފެތުރުމުން ކަންބޮޑުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް