ads
ދައުރުވަމުންދާ ފޮޓޯ : އެމް.ވީ.ކްރައިސިސް
ބުލީކުރުން ބަލައެއް ނުގަނެވޭނެ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންގެ ޔޫނިއަންގެ ދަރިވަރަކަށް ޔޫނިއަން އޮފީސް ތެރޭގައި ހަނގާކުރާ މަންޒަރު ސިފަވާ ގޮތަށް ފޮޓޯއެއް ދައުރުވަމުންދަނިކޮށް، ހަނގާކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

ހަނގާކުރުމާއި އަނިޔާކުރުން ފަދަ ކަންކަމަކީ އެމްއެންޔޫ އިން ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަގަކޮށް އެ ޔުނިވާސިޓީން ކުރި ޓްވީޓެއްގައި ބުނީ އެފަދަ ކަމެއްގެ ޝިކާރައަކަށްވެގެން ރިޕޯޓްކުރުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށެވެ. 

އާންމުވެފައިވާ ފޮޓޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެނގިފައިވާ ގޮތުގައި އެއީ މީގެ އަހަރުތަކެއް ކުރިން، އެ ޔޫނިއަންގެ ދަރިވަރެއްގެ އުފަން ދުވަސް ފާހަގަކުރަން އެތަނުގެ ދަރިވަރުންތަކެއް ކުރި "ސަމާސާ" އެކެވެ.

މިކަމާއި ބެހޭ ގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވެފައި ވަނީ އެއީ އެއްވެސް އަސާސެއް ނެތް، ޔޫނިއަންގެ އަދި ޔުނިވާސިޓީގެ އަގު ވައްޓާލުމަށްޓަކާއި މީސްމީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯއެއް ކަމަށެވެ. އަދި އެއީ 2019 ވަނަ އަހަރު ބޭއްވުނު ހަރަކާތަކަށް ފަހު ހިނގާފައިވާ ކަމެއް ކަމަށެވެ. 

މިފަދަ ތަފާތު ހަނގާ ކުރުމުގެ ހާދިސާ ނުވަތަ ބުލީ ކުރުން އެއީ ޔޫނިއަންގައި އާއްމު ކަމެއްކަމަށާއި މިނޫންވެސް ތަފާތު ގޯނާ ތަކަކާއި ދަރިވަރުންނަށް ކުރިމަތިލާން ޖެހުމުގެ ސަބަބުން ގިނަ ދަރިވަރުންތަކެއް މިހާރު ޔޫނިއަންގެ ހަރަކާތްތަކާއި ދުރުވެފައިވާކަން އެނގިފައިވެ އެވެ.

އެމް.އެން.ޔޫގެ ދަރިވަރުންގެ ޑީން ވިދާޅުވި ގޮތުގައި އެ ހާދިސާއަށް ފަހު، ވަރަށް ހަރުކަށިކޮށް ކުދިން އުޅޭނޫޅޭ ގޮތް ބަލަމުންދެ އެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް