ފިނޭންސް މިނިސްޓްރީ---
އެސްޑީއެފްސީން ދޫކުރި ރިކަވަރީ ލޯނުތައް އިތުރު ހަ މަހަށް ފަސްކޮށްދީފި
Share
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަ މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީ ބުނީ އެ ސްކީމަކީ ކޮވިޑް-19 އާ ގުޅިގެން ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަށާފައިވާ ސްކީމަކަށް ވާތީ ލޯނު އަނބުރާ ދެއްކުމުގައި ވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ. 

އެގޮތުން މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށް ވެސް އިތުރު 6 މަހުގެ
މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސް ޕީރިއަޑްއަކަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރީން ބުނެ އެވެ.

އަދި ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމުގައި ލޯން އެޕްލިކޭޝަން އިވެލުއޭޓްކުރުމުގައި އެސް.ޑީއެފް.ސީ އިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބެލޭނެ ކަމަށް ވެސް ބުނެ އެވެ.

އެހެންކަމުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެސް.ޑީ.އެފް.ސީ އިން ލޯނު ނަގާފައިވާ ފަރާތްތަކަށް ގްރޭސް ޕީރިއަޑް އިތުރުކުރުމުގެ އެޕްރޫވަލް ޓާމްސްއާއެކު އެސް.ޑީ.އެފް.ސީ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތައް އެސް.ޑީ.އެފް.ސީ އިން އެ ފަރާތްތަކަށް އަންގާތާ 30 ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އެކްސްޓެންޝަން ބަލައިގަނެ، އެކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރަންވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރީން ބުނެފައިވެ އެވެ.

އަދި އެ އެކްސްޓެންޝަން ރިޖެކްޓްކުރުމުގެ އިހުތިޔާރުވެސް ވިޔަފާރިތަކަށް ލިބިގެންވާ ކަމަށާއި އެ ނިންމުމުގެ ސަބަބުން ލޯނުގެ ޓެނާ ބަދަލުވާނީ މިކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރުމުން ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އޯވާޑިއު ޕޭމަންޓްތައް ހުރި ފަރާތްތަކުން ގްރޭސް ޕީރިއަޑް އިތުރުކުރާނަމަ އޯވާޑިއު ޕޭމަންޓްތައް އިތުރުކުރާ ގްރޭސް ޕީރިއަޑްގެ މުއްދަތަށް ބަހާލައިގެން ނުވަތަ އެއްފަހަރާ ދައްކުމުގެ އިހުތިޔާރު ލިބިގެންވާނެ ކަމަށާއި ލޯނުގެ ފުރަތަމަ ޑިސްބާސްމަންޓް ހަދާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަކިކޮށް، ނުވަތަ މުވައްޒަފެއްގެ މުސާރަ 5,000 ރުފިޔާއަށްވުރެ ދަށްކޮށްފައިވާނަމަ، އެ ވިޔަފާރިން ނަގާފައިވާ ލޯނުގެ ގްރޭސް ޕީރިއަޑް އިތުރު ނުކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، އެސް.އެމް.އީ އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް