ads
ފޮޓޯ--ފެނަކަ
މާމެންދޫގެ ވާރޭފެނުގެ ނިޒާމު ފެނަކައާ ހަވާލުކޮށްފި
ގއ. މާމެންދޫގައި ގާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މާމެންދޫގައި ގާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން އެވެ. އަދި ފެނަކައިގެ ފަރާތުން އެ ނިޒާމާއި ހަވާލުވެވަޑައިގަތީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.

ރަށްރަށުގައި ވާރޭފެނުގެ ނިޒާމް ގާއިމްކުރުމުގެ އެ މަސައްކަތަކީ ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ފެނަކައާ ހަވާލުކުރެވުނު މަޝްރޫއެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި މަޝްރޫއަކީ ސަރުކާރުން މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ރޭވި ކުރިއަށް ގޮސްފައިވާ މަޝްރޫއެއް ކަމަށެވެ. 

އަދި މަޝްރޫއުގެ މަސައްކަތް ކުރެވިފައިވާ ގޮތަށްބަލާއިރު، ނަރުދަމާގެ މަސައްކަތް ކުރާއިރު ވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

your imageއިންވެސްޓްމަންޓް މިނިސްޓަރު

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަކީ ގްރީން ކްލައިމެޓް ފަންޑާއި، ޔޫއެންޑީޕީއާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދެވިފައިވާ މަޝްރޫއެއްކަމަށާއި އެ މަޝްރޫއަށް 4.9 މިލިޔަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.

މާމެންދޫގައި ނިމިފައިވާ އެ މަޝްރޫއުގެ އިތުރުން އެރަށުގައި އިރުގެ އަލިން ކަރަންޓު ފޯރުކޮށްދިނުމަށް، ސޯލާ ޖެހުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ދަތިތަކަށް ވެސް ހައްލު ގެނެސްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ރަށް ގިރުމުގެ މައްސަލައާއި އުދައެރުމުގެ މައްސަލަ ހައްލު ކުރުމަށް ޑިޒައިން ކުރެވި މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް