ރައީސް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަން މީގެކުރިންވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ރައީސް މިކަން އެންމެ ފުރަތަމަ ހާމަކުރެއްވީ އެމްޑީޕީ އޮފީސް ކުރިމަތިން ނޫސްވެރިން ސުވާލުކުރުމުންނެވެ. އެދުވަހު ރައީސް ވަނީ، "ހޯމަ ދުވަހު، ކަންކަން ހަމަޖެހިއްޖެނަމަ" ބައްދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މިއަދު ހަވީރު 16:00 ގައި ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަން އެމަނިކުފާނުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ރައީސް ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައި ވުމާއި ގުޅިގެން ގިނަ ނޫސްވެރިންތަނެއް ވަނީ ރައީސްގެ އަރިހުގައި އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.