ads
ފޮޓޯ----
މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަ ކުދިންތަކެއް ބަލިވެއިން މައްސަލައެއް ބަލަނީ
މެދުރާއްޖެތެރޭ ރަށެއްގައި ފުރާވަރުގެ ދެ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަން ފަށައިފި އެވެ.

އެރަށުގެ ކައުންސިލުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގައި އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެ އިން މައްސަލަ ދަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވެސް ބަލަމުން ކަމަށެވެ.

ރަށުގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އަދި އެރަށުގެ ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތީގެ މައްސަލަ ވެސް އުޅޭ ކަމަށެވެ.

އެފަދަ މައްސަލަތައް ރަށުގައި ފެންމަތިވަމުން އަންނައިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މައްސަލަތައް ފިޔަވަޅު އެޅުމުގައި މުވައްސަސާތަކުން ލަސްވެފައިވާތީ ކަމަށެވެ.

"ލަސްވަމުންދަނީ ގާނޫނީގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ހުރަސްތައް ދިމާވާތީ،" -ކައުންސިލް މެންބަރެއް-

އެރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ އުމުރުން 17 އަހަރުގެ ދެ ކުއްޖަކު ބަލިވެ އިނދެފައިވާކަމަށެވެ. އެތަނުން އެއް ކުއްޖަކަށް މިހާރު ވަނީ 18 އަހަރުފުރިފައެވެ. 

އޭގެ އިތުރުން އެމީހާ ބުނީ ރަށުގައި އެކި ކުށްތަކުގައި އުޅޭ ކުދިންގެ އަދަދު ވަރަށް ގިނަ ކަމަށެވެ. 

"ޑުރަގުގެ މައްސަލަތަކުގައި ވެސް ރަށުގެ ގިނަ ކުދިން އުޅޭ. މީހުން މާބޮޑަށް އަޅައެއް ނުލާ،"

އެރަށުގައި ޖެންޑާއާ ގުޅިގެން ކުޑަކުދިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް އަންނަނީ ހިންގަމުންނެވެ.  

މި މައްސަލައާ ގުޅޭގެން ޖެންޑާ އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ނަމަވެސް އެ މައްސަލަ ފުލުހުންނާއި ޖެންޑާއިން ވެސް ބަލަމުން އަންނަކަމަށް ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް