ads
މުސްތަފާ އަދި ރައީސް ނަޝީދު: ފޮޓޯ ވަން
މިނިސްޓަރު ނަހުލާގެ ރީތިކަމާހުރެ އެއްޗެކޭ ބުނަން ރައީސް ނަޝީދު ބިރުގަނޭ: މުސްތަފާ
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ ރީތިކަމާހުރެ، އެކަމަނާއަށް ނިސްބަތްކޮށް އެއްޗެކޭ ވިދާޅުވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރުގަންނަ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިހެން ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ މީހަކަށް މިނިސްޓަރު ނަހުލާ ފައިނޭންސް ކުރި ކަމުގެ ތުހުމަތު ފެންމަތިވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. 

މުސްތަފާ ވިދާޅުވީ، މިނިސްޓަރު ނަހުލާގެ ރީތިކަމާހުރެ އެކަމަނާއަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ވިދާޅުވާން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވަނީ ބިރުން ކަމަށާއި، ނަމަވެސް އެކަމަނާއަށް ވުރެ "މާތީރި އަބުރުވެރި ކަނބަލުން ރާއްޖޭގައި އެބަތިބި" ކަމަށެވެ. 

" ބަލަ މަޖިލިސް ރައީސް.. ނަހުލާއަށްވުރެ މާ ރީތި މާ އިއްފަތްތެރި ކުދިން ރާއްޖޭގަ އެބަތިބި، މިނިސްޓަރުކަން ދޭންވެސް މާ ރަނގަޅުވާނެ.." މުސްތަފާ ވިދާޅުވިއެވެ.

ޓެރަރިސްޓަކަށް މިނިސްޓަރު ނަހުލާ ފައިނޭންސް ކުރިކަމަށްބުނާ ވާހަކަތަކެއް މިއަދު ފެންމަތިވީނަމަވެސް އެކަމަނާ ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެއީ ފިތުނަ އުފައްދަން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެކަމަނާ ވަނީ ސިފަކުރައްވާފަ އެވެ. 

އަނެއްކޮޅުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ޓްރާންސްޕޯޓް މިނިސްޓަރީގައި މައްސަލަތަކެއް އުޅޭކަމަށް ފާހަގަކުރައްވާފައެވެ. ރައީސް މިކަން ހާމަކުރެއްވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް