ads
މިނިސްޓަރު ޒަހާ ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިސްޓަރު ޒަހާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދައިފި
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަންގެ 8 މެމްބަރުންނާއި، މިނިވަން ދެ މެމްބަރެއްގެ ސޮޔާއިއެކު އެވެ.

މިނިވަން މެމްބަރުންގެ ތެރެއިން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދްމަތްތައް ނުދެވިވާތީ ކަމަށް ބުނެ އެވެ،

އަދި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދާފައި ނުވުމާއި ރާއްޖޭގެ ކަނޑުތަކުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ވެސް ބޭރުގެ ބޯޓު ފަހަރުތަކާއި ހެދި ހަނިވެފައިވާކަމަށް ވާތީ ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، މީގެ ކުރިންވެސް ފިޝަރީޒް މިނިސްޓްރީގެ ގާނޫނުގެ ތެރެއިން ހަދަންޖެހޭ ގަވާއިދުތައް ނަހަދައިގެން މިނިސްޓަރު ޒިންމާ އަދާނުކުރާ މައްސަލައެއް ވެސް މަޖިލީހުން ބަލާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް