ads
މުއާ އަދި އައްޒަ
މުއާ ކައްކާ ކުކުޅު ގަރުދިޔަ ބޭނުން ވަނީ ކޮންބައެއް؟
ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ކަޕްލުންގެ ތެރެއިން މުއާ އާއި އައްޒައަކީ އަބަދުވެސް އާއްމުންގެ ސަމާލުކަން ހޯދަމުން އަންނަ ދެ ތަރިންނެވެ.
Advertisement

މީގެ އަހަރެއް ކުރިން މިދެތަރިން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވަނީ މުއާ ކައްކާ ތަފާތު ގަރުދިޔަދިޔަގަނޑެއް ސޯޝަލް މީޑިއާއަށް ދޫކޮށްލި ހިސާބުންނެވެ. 

އާއްމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ ގަރުދިޔާގެ ބަދަލުގައި މުއާގެ ގަރުދިޔަދިޔަގަނޑު ފެންނަނީ ވަރަށް ބޮޑަށް ޒަމާނާއެއްގޮތަށް މޮޑިފައިކޮށްލާފައި ވާތީއެވެ. "ކުކުޅު ގަރުދިޔަ" މިނަން ވެސް އާއްމުންނަށްވީ ތަފާތު ނަމަކަށެވެ. 

އަދި މި ގަރުދިޔަގަނޑުގެ ރަހަ ވެސް ތަފާތު ވާނެތީ ގަރުދިޔަގަނޑުގެ ރަހަ ބަލައިލާން ބޭނުންވި އެތައް ބަޔަކުވެސް ތިއްބެވެ. އެ ފަދަ މީހުންނަށް މިފަހަރު މިއޮތީ އެފުރުސަތު ފަހިވެފައެވެ. 

އައްޒަގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އައްޒަވަނީ "މިހާރު މިއުޅެނީ މުއާ ކައްކާ ކުކުޅު ގަރުދިޔަ އާއްމުންނާ ހަމައަށް ފޯރުކޮށްދޭން" ކަމަށް ބުނެ އެކަން އިއުލާންކޮށްފައެވެ.

އައްޒަ ބުނީ އޭގެ ޕެކެއް އެންމެ 45 ރުފިޔާއަށް މިހާރު ލިބެން ހުންނާނެކަމަށާއި ޑެލިވަރީގެ ހިދުމަތް ވެސް މުޅިން ހިލޭވާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ އޯޑަރު ކުރާ 10 ކުދިންނަށް މުއާގެ ކުކުޅު ގަރުދިޔަ ޕެކެޓެއް މުޅިން ހިލޭ ލިބޭނެ ކަމަށް އައްޒަ ބުނެއެވެ.

"ވަރަށް ވަރަށް އަވަހަށް އޯޑަރު ކުރޭ. އެންމެ މީރު ކުކުޅު ގަރުދިޔަ އިން ޓައުން. ވަރަށް އަވަސް. ވީހާވެސް އަވަސް ކޮށްލާ. ހުރިހާ ކުދިން. ހުރިހާ ކުދިން" އައްޒަ ސްޓޯރީއަށް ދޫކޮށްލި އެ ވީޑިއޯގައި ބުނެފައިވެއެވެ.

ކޮންމެ އަކަސް އައްޒަ ބުނަނީ މި ކުކުޅު ގަރުދިޔަ ވަރުގެ މީރު ގަރުދިޔައެއް ނުލިބޭނެ ކަމަށެވެ. ދެން އޮތީ ތިކުދިންނަށް ކެރުނުވަރެކެވެ. މުއާގެ ކުކުޅު ގަރުދިޔައިގެ އިންތިޒާރުގައި ތިބި ކުދިންކޮޅު އަވަހަށް އޯޑަރު ކުރަން ފަށާށެވެ.

72%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް