ads
މެގަން، ހެރީ އަދި ރާނީ
މެގަން އާއި ހެރީއަށް ގަނޑުވަރުން ދިން ޖަވާބު!
ޕްރިންސް ހޭރީ އާއި އަނބިކަނބަލުން މެގަން، އިނގިރޭސި ގަނޑުވަރު ދޫކުރައްވާ، ނިކުންނެވި ސަބަބު ވަނީ މިފަހުން ހާމަކުރައްވާފަ އެވެ.
Advertisement

މެގަން އާއި ހެރީ ޝާހީ އާއިލާއަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާތީ އޭގެ އެއް ދުވަސް ފަހުން ޝާހީ ގަނޑުވަރުންވަނީ އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފަ އެވެ. 

އެގޮތުން ޝާހީ ގަނޑުވަރުގައި އެ ބޭފުޅުންނަށް ކުރެވުނު ހިތި ތަޖުރިބާގެ ވާހަކަތައް ޝާހީ އާއިލާއިން އަޑުއެހީ ވަރަށް ހިތަމާއާއެކު ކަމަށާއި ހޭރީ އާއި މެގަން އަދި އާޗީއަކީ ވެސް އާއިލާއިން ލޯބިވާ މެމްބަރެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އަދި މެގަން ނަސްލީ ތަފާތު ކުރުމާއި ގުޅިގެން ދެއްކެވި ވާހަކަތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި ބަލާނެ ކަމަށް ގަނޑުވަރުން ބުނެ އެވެ، 

އޯޕްރާއަށް ދެއްވި އެ އިންޓަވިއުގައި އެ ދެ ކަނބަލުން ވަނީ ޝާހީ އާއިލާގެ ތެރެއިންނާއި އިނގިރޭސި ޓެބްލޮއިޑް މީޑިއާގެ ތެރެއިން ދިމާވި ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަ ދައްކަވާފަ އެވެ. 

ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ އިންޓަވިއުގައި ހެރީ އާއި މޭގަން ވަނީ ޝާހީ ޒިންމާތައް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރެއްވި ފަހުން، ޝާހީ އާއިލާގެ އެއްވެސް މެމްބަރަކު އެމީހުންނާ މެދު އަމަލުކުރެއްވި ގޮތަށް މައާފަށް އެދިފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ހެރީ އާއި މޭގަންއަށް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދަރިކަލުންގެ ނަމަކީ އާޗީ އެވެ. އެއް އަހަރުގެ އެ ކުއްޖާ އުފަންވެ ވަޑައިގެންނެވުމުގެ ކުރިން އެ ކުއްޖާގެ ހަމުގެ ކުލައާ މެދު ޝާހީ އާއިލާގެ ތެރެއިން ސުވާލު އުފައްދާފައި ވާއިރު، މޭގަންއަކީ ކަޅު ނަސްލަށް ނިސްބަތްވެ ވަޑައިގަންނަވާ މީހެކެވެ. 

18%
ކަމުގޮސްފި
82%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް