ads
ރާއްޖެ ސަރަހައްދުން ފެނުނު ބޭރުގެ މަސް ބޯޓެއް -- ފޮޓޯ: އެމްއެންޑީއެފް
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ބޯޓެއް ފުރަން ހުއްދަދީފި
ގަވައިދާ ހިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރި ލަންކާގެ ބޯޓެއް ފުރަން ހުއްދަދީފި އެވެ.

މި ހަބަރު ބޭރުގެ ނޫހެއްގައި ޝާއިއުކޮށްފައި ވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ބޯޓު ފުރަން ހުއްދަ ދީފައިވަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ކަމަށެވެ.

އެގޮތުން އެ ބޯޓު ފުރަން ހުއްދަ ދިނީ ފިޝަރީޒް މިނިސްޓްރީގެ ލަފަޔާއެކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން މި ބޯޓު ރާއްޖެ ސަރަހައްދުން ބޭރަށް ގޮސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއްވި އެވެ. 

ފިޝަރީޒް މިނިސްޓްރީން މިހާރު އަންނަނީ މި މައްސަލައިގައި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން ކުރަމުން ކަމަށާއި، އަދިި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

އެ ބޯޓު ފުރުމަށް ހުއްދަ ދީފައިވަނީ ފުލުހުންގެ ތަހުގީގަށާއި ފިޝަރީޒް މިނިސްޓްރީއަށް ވެސް ބޭނުންވާ ހުރިހާ މައުލޫމާތު ނެގުމަށްފަހު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ދަ ހިންދޫ ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލި މި ބޯޓާއެކު އަށް މަސްވެރިއަކު ހައްޔަރު ކޮށްފައިވެއެވެ. މިމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް