މޯނީ މިހާރު ބޮލީވުޑްގައި ވެސް ފައިތިލަ ސާބިތު ކުރަމުން ދާއިރު އޭނާ ހުންނަނީ ޕްލާސްޓިކް ސާޖަރީކޮށްފަތޯ އެއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ.
އެ ސުވާލުތަކަށް މޯނީ ޖަވާބު ދެމުން ބުނީ އޭނާ އެއްވެސް ސާޖަރީއެއް ނުކުރާ ކަމަށެވެ. އަދި އެކަހަލަ ކަމެއް ކުރަން ނުވެސް ވިސްނާ ކަމަށެވެ.
މޯނީ ރޯއި އެހާރާއި މިހާރު
އޭނާގެ ރީތިކަން ދަމަހަށްޓަނީ އެކި ގުދުރަތީ ބްރޭންޑްތައް ބޭނުންކޮށްގެން ކަމަށް ވެސް މޯނީ ބުނެ އެވެ.
މޯނީ އާންމުންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ ނާގިން ސީރީސް އިންނެވެ. އޭގެ ފަހުން ދެން އެނާ ފެނިގެން ދިޔައީ ބޮލީވުޑްގެ ގޯލްޑް ފިލްމުން އަކްޝޭއާ އެއްކޮށެވެ.