އެގޮތުން ކަރީނާ އޭނާގެ ދެބައިންގެ ދެދަރި ސުމައިރާ އުފަންދުވަހު ޕާޓީއަށް ގޮސް ކާރުން ފޭބި ތަނާ ތައިމުރް މިވަނީ ދުވެފައި ދަނިކޮށް ކަހާލައި އެ އިމާރާތުގެ ދޮރަށް އަރާފައެވެ.
ތައިމުރް ދޮރަށް އެރި ވަގުތު ކަރީނާ ހުރީ ޕަޕަރާޒީން ކުރިމަތީގައި ފޮޓޯއަށް ހުއްޓިލައިގެންނެވެ. ތައިމުރް ވެއްޓުނު ތަން ފެނުމުން ކަރީނާ ވަނީ ވަގުތުން ތައިމުރް އެތަނުން ނަގާފައެވެ.
އިންސްޓަގްރާމްގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި ދޮރުގައި ޖެހި ވެއްޓުނު ނަމަވެސް ތައިމުރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކަރީނާއަށް ދެވަނަ ދަރިއަކު ލިބިފައިވާއިރު ފޭނުން ތިބީ އޭނާގެ ދެވަނަ ދަރިއަށް ކިޔާ ނަމާ އަދި އެކުއްޖާގެ ފޮޓޯ ދެކިލާ ހިތުން ކެތް މަދުވަފަ އެވެ. ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ކަރީނާ ވަނީ އޭނާގެ ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާއަށް އާންމުކޮށްފަ އެވެ.