މަޖްނޫ ބާއި ކައިރިން "އިންސްޕަޔާ" ވެގެން ކަމަށް ކެޕްޝަންގައި ޖަހާފައިވާ އެ ފޮޓޯގައި ފެންނަނީ ވިކީ އަހުގެ މައްޗަށް ކޮޅަށް އަރާ ހުރިތަނެވެ. މަޖްނޫ ބާއި އަކީ ފިލްމް "ވެލްކަމު" އިން އަނިލް ކަޕޫރު ފެނިގެންދިޔަ ރޯލެވެ. އެ ފިލްމުން އަނިލް ފެނިގެން ދަނީ ވަރަށް ކުރަހާ ހިތްވި ނަމަވެސް ކުރަހަން ނޭނގޭ އާޓިސްޓެއްގެ ގޮތުންނެވެ.
އެ ފޮޓޯ އާންމު ކުރުމާ އެކު ގިނަ ބަޔަކު ބުނީ އެއީ ޖަނަވާރުންނާ މެދު ކަންކުރަންވާނެ ގޮތް ނޫން ކަމަށެވެ. އަދި ހިފާ ގެންގުޅޭ އެފަދަ ޖަނަވާރުންނަށް އޯގާތެރިވެ އަޅާލާން ޖެހޭނެ ކަމަށެވެ.
ވިކީ މިހާރު ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު، ދަ އިމޯޓަލް އަސްވާތަމާ އަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.