ads
އިހްތިޖާޖްގެ ތެރެއިން އަދުރޭ ހައްޔަރުކޮށްފަ
އަދުރޭއާ އެކު 16 މީހަކު އިހުތިޖާޖުން ހައްޔަރުކޮށްފި
އިދިކޮޅު އިހްތިޖާޖްގެ ތެރެއިން 16 މީހަކު ހައްޔަރުކޮށްފި އެވެ.

މިވަގުތު އިދިކޮޅު ކޯލިޝަންގެ ރައީސް ކަމާއި ހަވާލުވެގެން ހުންނެވި އަބްދުރަހީމް އަބުދުﷲ މި އިހްތިޖާޖްގެ ތެރެއިން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. 

އަދި މުޒާހަރާގެ ތެރެއިން 16 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ކައުންސިލް މެންބަރުންވެސް ހިމެނޭކަމަށް އިދިކޮޅުން މައުލޫމާތުދެ އެވެ. 

މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށް، އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ މުޒާހަރާއަށް މިއަދު ވެސް ފުލުހުން ހުރަސް އަޅަމުން އަންނައިރު، ހުޅުމާލޭގައި ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް އެއްވެސް ހުރަހެއް ފުލުހުންގެ ފަރާތުން އަޅާފައި ނުވާތީ އާއްމުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެއްވަގުތެއްގައި ދެ ސިޔާސީ ޕާޓީއަކުން ހަރަކާތް ބާއްވަމުން އަންނައިރު ފުލުހުން ފެނިގެންދަނީ ޕީޕީއެމް ފަހަތުން ދުވާ މަންޒަރު ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ. 

އެމްޑީޕީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ވެސް އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިން އޮންނަ ގޮތުން ފަސް މީހުންނަށް ވުރެ ގިނައިން މިވަގުތު މާލޭ ސަރަހައްދުގައި އެއްވުމަކީ މަނާކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް