ސަމޫ ކިޔާދިން ގޮތުގައި އޭނާ އެންމެ ކުޑައިރުން ފެށިގެން ވެސް އަބަދުވެސް އޭނާ ބޭނުންވަނީ "ފޮޓޯ ނަގާ މީހަކަށް ނުތަވަ މޮޑެލަކަށް" ވާށެވެ. މީހަކު އޭނާ ކައިރީގައި ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްތޯ ސުވާލު ކުރުމުން އޭނާގެ ޖަވާބަކީ އެއީއެވެ.
ނަމަވެސް އޭނާގެ މޮޑަލިން ހަޔާތް ފެށިގެން ދިޔައީ 2019 ވަނަ އަހަރުގައި އޭނާ ހއ.ދިއްދޫއަށް ކިޔަވަން ގޮސް އުޅުމުގެ ތެރޭގައެވެ.
އެގޮތުން ދިއްދޫގައި ކިޔަވަން އުޅުނުއިރު އެރަށުގައި އޭރު ހިނަގަމުން ދިޔަ ކޯހެއްގެ ތެރޭގައި އޭނާގެ ރަހުމަތްތެރިންތަކެއް ދިވެހި ކަލަންޑަރެއް ހަދަން ވެގެން މޮޑެލް ކުރުމަށް އޭނާއަށް ހުށަހެޅިއެވެ. އެކަން އޭނާ ގަބޫލުކުރިއެވެ.
ކަލަންޑަރު ހައްދަން ނެގި ފޯޓޯތަކަށްފަހު އޭނާ ވަނީ އެކީ މީސް މީހުންނަށް މޮޑެލް ކޮށްދީފައެވެ.
ސަމޫ ބުނީ އޭނާ މާލެ އައިފަހުން އޮފިޝަލްކޮށް މޮޑަލްކުރަން ފުރުސަތު ލިބުނުކަމަށެވެ.
އޭނާ މާލެ ބަދަލުވި ހިސާބުން އޭނާއަށް ދިރާގުގެ އިޝްތިހާރެއް ކުޅެން ލިބުނު ފުރުސަތަކީ އެންމެ އުފާވެރި ދުވަހެވެ.
ސަމޫ ބުނި ގޮތުގައި އަދި އޭނާއަށް މި ދާއިރާގައި ދެރަވި ދުވަހަކާ ކުރިމަތިލާކަށް ނުޖެހެއެވެ. އެއީ އަދި އޭނާ ބޭނުންވާ ހުރިހާ ކަމެއްވެސް ދަނީ ކާމިޔާބު ކަމާއެކުގައި ކަމަށް އޭނާ ހާމަކުރި އެވެ.
ދިރާގުގެ އިޝްތިހާރުގެ އިތުރުން މޯލްޑިވްސް ފެންޝަން އޮފިސް ގެ އިޝްތިހާރެއް އޭނާ މިހާރު ވަނީ ކުޅެފައެވެ.
އެހެންކަމުން ސަރުކާރު ކުންފުނިތަކެއްގެ އިޝްތިހާރުތަކެއް ކުޅުމުގެ ފުރުސަތު ލިބުމުން އޭނާ ބޭނުންވީ އަމާޒަށް ވާސިލު ވެއްޖެ ކަމަަށް ސަމޫ ހާމަކުރި އެވެ. އަދި ކުރިމަގުގައި އިތުރު ފުރުސަތު ލިބޭ ވަރަކުން ކުޅެމުންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އަދި ސަމޫގެ އަމާޒަކީ ކުރިއަށް އޮތްތާގައި އޭނާއަށް އެންމެ ކަމުދާ ފިޓްފަޒީލް ކަހަލަ ރާއްޖޭގެ ޕްރޮފެޝަނަލް މޮޑަލަކަށްވުން ކަމަށް އޭނާ ހާމަކުރި އެވެ.
ހަމަ މިއާއެކު ސަމޫ ވަނީ ރާއްޖޭގައި ކުރިއަރަމުން އަންނަ އާ މޮޑަލްސްއަށް ޕޮޓޯގުރާފަރުން ފުރުސަތު ދިނުމަށް އެދިފައެވެ. އެކުދިންނަށް ވެސް އުޖާލާ ކުރިމަގެއް ފެންނާނީ ކުރިއަރާފައިވާ ބައެއްގެ އެހީ ލިބިގެން ކަމަށްވާތީ ކަމަށް ސަމޫ ފާހަގަކުރި އެވެ.
ސަމޫހް ވަނީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިން ވަރަށް ހިތްވަރު ކުރަން ޖެހޭނެ ކަމަށާއި ވަރަށް ގިނަ ކަންތައް ދިމާވާނެކަން ފާހަގަކޮށްފަ އެވެ.
ހިތްވަރު އެލުވާނުލާ ރިވެތި އަހުލާގާއި އެކުގައި ކުރިއަށް ދިޔުމަށް އެކުދިންނަށް ސަމޫ ވަނީ ނަސޭހަތްތެރި ވެފައެވެ.