ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފެންފުށި ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީ ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވެފައިވަނީ، އަންހެނެއް ކަމަށާއި، އޭނާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު، ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.
އަދި އޭނާގެ ސާމްޕަލް ޕޮޒިޓިވްވެ ރަށް މޮނީޓަރީންގެ ހާލަތަށް ގެނެސްފައިވާކަމުގެ ލިއުން ކައުންސިލަށް ލިބިފައިވަނީ މިއަދު ހަވީރު ކަމަށާއި، އެހެންކަމުން މިހާރު އޭނާ ގޭގައި ކަރަންޓީނުކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
މިއީ ކޮވިޑް-19 އާއި ގުޅިގެން ފެންފުށި މޮނީޓަރީންގެ ހާލަތަށް ގެނެވުނު ފުރަތަމަ ފަހަރެވެ.