ads
ފަރަމަންތާ ޗެލެންޖް 2021
ބާ 2000 ފަރަމަންތާ ޗެލެންޖް 2021 ފަސްކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މޫދު ކުޅިވަރުގެ މުބާރާތް ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފިއެވެ.

އޭޕްރީލް އެކަކުން ޖޫން އެކަކަށް ކުރިއަށް ގެންދަން ހަމަޖެއްސި، މުބާރާތް އަންނަ ޖޫން މަހުގެ 24 އިން ޖުލައި މަހުގެ 12 އަށް ވަނީ ފަސް ކޮށްފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން މުބާރާތް ލަސްކުރެވިފައިވާ އިރު މިމުބާރާތުގެ އޯޕަން ވޯޓާ ސްވިމިންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހަމަވެފައެވެ. 

އަދި ސާފިން، އަދި ބޮޑީބޯޑިންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ނުވާ އިރު މި 2 ކުޅިވަރުގެ މުބާރާތް ޖުލައި މަހުގެ 1 އިން 12 އަށް ކުރިއަށްދާނެ އިރު އޯޕަން ވޯޓާ ސްވިމިން މުބާރާތް ޖޫން މަހުގެ 24 އިން 26 އަށް ކުރިއަށް ދާނެއެވެ،

ބާ 2000 ފަރަމަންތާ ޗެލެންޖް 2021 އަކީ މޫދު ކުޅިވަރުގެ ބޮޑު ޗެލެންޖެކެވެ. މޫދު ކުޅިވަރުގެ ތެރެއިން އޯޕަން ވޯޓާ ސްވިމިން، ސާފިން، އަދި ބޮޑީބޯޑިން ގެ މުބާރާތް ހިމެނެއެވެ. މިމުބާރާތަށް ފަންޑުކޮށް ހިންގާ އިންތިޒާމްކޮށްފައިވަނީ ޕްރީމާ ކޮފީ"BAR2000ellegi" ގެ ފަރާތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް