ads
މުއާގެ ކުކުޅު ގަރުދިޔަ——
އައްޒަގެ ސުފުރާ މަތިން މުއާގެ ކުކުޅު ގަރުދިޔަ: ކުޅުދިޔާ ވާ ވަރުވޭ!
މުއާ ކައްކާ ތަފާތު ގަރުދިޔަދިޔަގަނޑެއް ސޯޝަލް މީޑިއާއަށް ދޫކޮށްލި ހިސާބުން އޭގެ ރަހަ ބަލާލަން ބޭނުންވެގެން އެތައް ބަޔަކު އުޅުނެވެ. އެންމެފަހުން އެ ފުރުސަތު އައްޒަ ފަހިކޮށްދީފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އައްޒަގެ އިންސްޓަގްރާމް ސްޓޯރީގައި އެ ދުވަހު ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ "މިހާރު މިއުޅެނީ މުއާ ކައްކާ ކުކުޅު ގަރުދިޔަ އާއްމުންނާ ހަމައަށް ފޯރުކޮށްދޭން" ކަމަށެވެ.

އޭގެ ޕެކެއް އެންމެ 45 ރުފިޔާއަށް ލިބެން ހުންނާނެކަމަށާއި ޑެލިވަރީގެ ހިދުމަތް ވެސް މުޅިން ހިލޭވާނެ ކަމަށް އައްޒަ އެދުވަހު ބުނެފައިވެއެވެ. އަދި އެންމެ ފުރަތަމަ އޯޑަރު ކުރާ 10 ކުދިންނަށް މުއާގެ ކުކުޅު ގަރުދިޔަ ޕެކެޓެއް މުޅިން ހިލޭ ލިބޭނެ ކަމަށް އައްޒަ ބުނެފައިވެއެވެ.

މިފުރުސަތުގެ ބޭނުން ހިފާފައިވަނީ ތީގެ ތެރެއިން ކިތައް ކުދިންކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. އެހެންނަމަވެސް އޭގެފަހުން އިއްޔެ އައްޒަ މިވަނީ މުއާ ކައްކާ އެ ގަރުދިޔަގަނޑު ނާސްތާއަށް ރެޑީކޮށްލާފައެވެ. 

އަދި ފޭނުންނަށް ދައްކާލާފައިވާއިރު އާއްމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ ގަރުދިޔާގެ ބަދަލުގައި މުއާގެ ގަރުދިޔަގަނޑު ފެންނަނީ ވަރަށް ބޮޑަށް ޒަމާނާއެއްގޮތަށް މޮޑިފައިކޮށްލާފައިވާ ތަނެެވެ. "ކުކުޅު ގަރުދިޔަ" ގަނޑު ހުރީ ކުކުޅާއިއެކު ތަރުކާރީންވެސް ޖަރީކޮށްލާފައެވެ. ފެންނަ ފެނުމަށް މި ގަރުދިޔަގަނޑުގެ ރަހަ ވެސް ތަފާތު ވާނެ ކަމަށް ބެލެވެއެވެ. 

your imageއައްޒަގެ ސުފުރާ މަތިން——

ކޮންމެ އަކަސް އައްޒަ ބުނަނީ މި ކުކުޅު ގަރުދިޔަ ވަރުގެ މީރު ގަރުދިޔައެއް ނުލިބޭނެ ކަމަށެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް