ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓުނެރެ ނިމުމުން “ކޮބާ މަގޭ ފްލެޓު” ކިޔައި އިދިކޮޅުން ވާހަކަތަކެއް ދެއްކިޔަސް ފެލްޓުތަކަށް ވީގޮތް ނޭނގޭ ދިވެހި ރައްޔިތަކު ނޫޅޭކަމަށާއި، އެ ފްލެޓުތަކަށް ވީ ގޮތް އެންމެނަށްވެސް ވަރަށް ސާފުކޮށް އެނގޭކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ރިޒްނާ ޒަރީރުގެ ކެމްޕެއިން ހަރަކާތުގައި، މަޖިލީހުގެ ނަޝީދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދެއްގައެވެ.
ފްލެޓްތަކަށްވީ ގޮތް މިހާރު ނޭނގިގެން އެންމެ ބޮޑަށް އުޅެނީ މަޖިލީހަށްކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ ތަރިކަ ކޮމެޓީގައިވެސް މަގޭ ފްލެޓް ކޮބާހޭ ކިޔާ މިންވަރު މަދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ، ސަރުކާރުން ވެރިކަމާ ހަވާލުވެ ފްލެޓު ކޮމިޓީއެއް އެކުލަވާލައި ފްލެޓު ލިބޭނެކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ހަދާ އާންމު ކުރީ ވަރަށް ރަނގަޅަށް ބަލާފައިކަމަށެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ފްލެޓްތަކުގެ ދާއިމީ ލިސްޓް ފްލެޓް ކޮމިޓީއަށް އާންމު ނުކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ފްލެޓްތައް މިސަރުކާރުން ބެހިގޮތާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.